"ދޫނިތައް މަރާލުމުން ހާމަވީ މިއީ އިންސާނުންނަށްވެސް އޯގާތެރި ނުވާނެބައެއްކަން"

"ދޫނިތައް މަރާލުމުން ހާމަވީ މިއީ އިންސާނުންނަށްވެސް އޯގާތެރި ނުވާނެބައެއްކަން"

Author
މުޙައްމަދު ޝަޒައިމް
08 ފެބްރުއަރީ 2022 09:10
0

ރާއްޖެއަށް ގަވާއިދާއި ޚިލާފަށް އެތެރެކުރި ދޫނިތަކެއް މަރާލުމުން ހާމަވެގެން ގޮސްފައިވަނީ، މިކަން ކުރި ބަޔަކީ އިންސާނުންނަށްވެސް އޯގާތެރި ނުވާނެ ބައެއްކަމުގައި ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު ވިދާޅުވެއްޖެއެވެ.

ރާއްޖެ އެތެރެކުރި 120 ދޫނި އެޓާނީ ޖެނެރަލްގެ ލަފާގެމަތިން މަރާލައިފައިވާނެކަމަށް ފިޝަރީޒް މިނިސްޓްރީން މިއަދު ވަނީ ބުނެފައެވެ. އެމިނިސްޓްރީން ބުނެފައިވަނީ މިއީ އަލަށް ކުރި ކަމެއް ނޫންކަމަށާއި، ގަވާއިދާއި ޚިލާފަށް އެތެރެކުރާ ދޫނިތަކާއިމެދު އަބަދުވެސް އަމަލު ކުރަނީ މިހެންކަމަށެވެ.

މިކަމާއި ގުޅިގެން އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓް ލޫކަސް ޖަލީލް ކުރެއްވި ޓުވީޓަކަށް ރައްދު ދެއްވަމުން ޑރ.ދީދީ ވިދާޅުވީ މިކަމުން ހާމަވެގެން ގޮސްފައިވަނީ މިކަން ކުރި މީހުންގެ ނުބައި ޢުދުވާނީ ޚަޞީލަތަށް ކަމުގައެވެ. މިކަން ކުރި ބަޔަކު އިންސާނުންނަށްވެސް އޯގާތެރި ނުވާނެކަން މިކަމުން ހާމަވާކަމަށް ޑރ.ދީދީ ވިދާޅުވިއެވެ.

ތިޔަ އިޖްރާމީ ޢަމަލު ރިފްލެކްޓް ކުރަނީ އެބައިމީހުންގެ ނުބައި ޢުދުވާނީ ޚަޞީލަތް؛ އަދި އިންސާނުންނަށް ވެސް އެބައިމީހުން އޯގާތެރި ނުވާނެކަން. އަދި އެބައިމީހުންނަކީ ޤާނޫނު މާނަކުރުމުގެ ޤާބިލިއްޔަތުކަން ނެތް ޖާހިލުންތަކެއްކަން.

– ޑރ.ދީދީ ވިދާޅުވިއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ ނައްތާލި ދޫނިތަކަކީ މީގެ ދެ ތިން މަސް ކުރިން ރާއްޖެއަށް ގަވާއިދާ ޚިލާފަށް އެތެރެ ކުރުމުން ހިފަހައްޓާފައި ހުރި ދޫނިތަކެއް ކަމަށެވެ. އެ ތަކެތި ނައްތާލީ އެޓާނީ ޖެނެރަލްގެ ލަފާ ހޯދުމަށްފަހު އަދި ގަވާއިދުގައި އެކަމަށް އޮންނަ އުސޫލުތަކުގެ ތެރެއިން ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފައިވެއެވެ.

ރާއްޖެ އެތެރެކުރުން މަނާ ވިޔަސް އެގޮތަށް ދޫނި މަރައިގެން ނުވާނެ ކަމަށް ބުނެ އާންމުން ދަނީ ފާޑު ކިޔަމުންނެވެ. މިއަދު ގިނަ އަދަދެއްގެ ދޫނިތައް ނައްތާލާފައިވާއިރު، އެތަކެތި ނައްތާލާފައިވަނީ އެތެރެ ކުރި މީހުންގެ ހާޒިރުގައި ކަމަށް ފިޝަރީޒް މިނިސްޓްރީން ވަނީ ބުނެފައެވެ. އެހެން ނަމަވެސް ނައްތާލާފައިވާ ދޫނިތަކުގެ އަދަދު ހާމަ ކޮށްފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ސ ސައްހާފު
ތިކުރީވަރަށް ރަގަޅުކަމެއް މިސާލަކައްމިނިކާވަގު ތަކެ ނުވަތަ ހަރުފަ ތަކެއް ގެނައިމަ އެތަކެތިވެސް ދޫކޮއްލަން ބަޔަކު ޕްރެޝަރ ކޮއްފާނެ ނަމަވެސް އޭގެސަބަބުން ގިނަބަޔަކައް ދެރަތަކެއްލިބިގެން ހިގައިދާނެ މިހާރު މިއުޅެނީ މިކުޑަކުޑަމާލޭގައި ބުޅަލުގެ ނަޖިހިވެސް ސަލާމައް ނުވެވިގެން
ދ ދޮންދޫނި
ދޫނި މަރާލި މީހުންނަކީ އިންސާނުން ވެސް މަރާލާނެ ބައެއް ކަމަށް މާނަކުރުން މިއީ ނާތަހުޒީބު ވިސްނުމަކުން ވިސްނާ ވިސްނުމެއް. ނޫނީ ވަރަށް ޒާތީ ވިސްނުމެއް. އުއްތަމަ ފަނޑިޔާރުގެ ސަރުކާރާމެދު އޮންނަ ނުބައި ނިޔަތް ހަމަވާ ކަމެއް. ހުކުމްކޮށްފަ، ހަމަ އެހުކުމް ގޯސްކަމަށް ހުކުމްކުރުން ކިހިނެތްތޯ؟
ދ ދީދީ
ދޫނި މަރާލި މީހުންނަކީ އިންސާނުން ވެސް މަރާލާނެ ބައެއް ކަމަށް މާނަކުރުން މިއީ ނާތަހުޒީބު ވިސްނުމަކުން ވިސްނާ ވިސްނުމެއް. ނޫނީ ވަރަށް ޒާތީ ވިސްނުމެއް. އުއްތަމަ ފަނޑިޔާރުގެ ސަރުކާރާމެދު އޮންނަ ނުބައި ނިޔަތް ހަމަވާ ކަމެއް. ހުކުމްކޮށްފަ، ހަމަ އެހުކުމް ގޯސްކަމަށް ހުކުމްކުރުން ކިހިނެތްތޯ؟
ނ ނުހާދު
Meege kurin raajje ethere kurun huhdha ..dhooni eba huri thithaa maraalaafa ?janavaarun tha ekan kuree