ގަވާއިދާ ހިލާފަށް އެތެރެކުރި ދޫނިތަކެއް އަނިޔާވެރިކޮށް މަރާލައިފި

ގަވާއިދާ ހިލާފަށް އެތެރެކުރި ދޫނިތަކެއް އަނިޔާވެރިކޮށް މަރާލައިފި

Author
މުޙައްމަދު ޝަޒައިމް
08 ފެބްރުއަރީ 2022 08:41
0

ރާއްޖެ އެތެރެކުރި 120 ދޫނި އެޓާނީ ޖެނެރަލްގެ ލަފާގެމަތިން މަރާލައިފައިވާނެކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.

މިކަން ކޮށްފައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަ ޕްލާންޓް އެނިމަލް ކަރަންޓީނު ޔުނިޓް ތެރޭގައެވެ. މިއީ އެތަނުގައި 3-4 މަސް ވަންދެން ހުރި ދޫނިތަކެކެވެ. އިންޖެކްޝަންތަކެއް ޖަހައިގެން މިދޫނިތައް މަރާލީ ފިޝަރީސް މިނިސްޓްރީންނެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ ނައްތާލި ދޫނިތަކަކީ މީގެ ދެ ތިން މަސް ކުރިން ރާއްޖެއަށް ގަވާއިދާ ޚިލާފަށް އެތެރެ ކުރުމުން ހިފަހައްޓާފައި ހުރި ދޫނިތަކެއް ކަމަށެވެ. އެ ތަކެތި ނައްތާލީ އެޓާނީ ޖެނެރަލްގެ ލަފާ ހޯދުމަށްފަހު އަދި ގަވާއިދުގައި އެކަމަށް އޮންނަ އުސޫލުތަކުގެ ތެރެއިން ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފައިވެއެވެ.

ރާއްޖެ އެތެރެކުރުން މަނާ ވިޔަސް އެގޮތަށް ދޫނި މަރައިގެން ނުވާނެ ކަމަށް ބުނެ އާންމުން ދަނީ ފާޑު ކިޔަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

N Nuhaadh
Meege kurin raajje ethere kurun huhdha ..dhooni eba huri thithaa maraalaafa ?janavaarun tha ekan kuree
ނ ނުހާދު
ތީ އިންސާނުންތަ؟؟
A AYESH
Haadha Rahumu kuda gothakah.
ޢ ޢާޢިޝާ
ހާދަ އިހާނެތި ގޮތަކަށް....... ވވވ. ޜަހުމު ކުޑަ ގޮތަކަށް ތި މަރާލީ..