ކަންގަނާ ހުށައަޅައިދޭ ޝޯގެ ނަމަކީ "ލޮކް އަޕް"

ކަންގަނާ ހުށައަޅައިދޭ ޝޯގެ ނަމަކީ "ލޮކް އަޕް"

Author
ފާތިމަތު ނާވީ
07 ފެބްރުއަރީ 2022 08:59
0

މަޝްހޫރު އެކްޓްރެސް ކަންގަނާ ރަނާވަތު ހޯސްޓް ކުރާ ޝޯގެ ނަމަކީ "ލޮކް އަޕް" އެވެ.

މިއީ ކަންގަނާގެ އަލަތު ރިއަލިޓީ ޝޯއެވެ. މި ޝޯގައި މަޝްހޫރު ތަރިން ބައިވެރިވާނެ ކަމަށް ޚަބަރުތައް ބުނެއެވެ. މި ޝޯ ލޯންޗުކުރުމުގެ ރަސްމިއްޔާތުގައި ޝޯ ކުރިއަށް ދާނެ ގޮތް ވަނީ ކޮންމެވެސް ވަރަކަށް ކިޔައިދީފައެވެ.

މިއީ އެކްތާ ކަޕޫރު ޕްރޮޑިއުސްކުރާ ޝޯއެކެވެ. ޝޯއާ ގުޅޭގޮތުން އެކްތާ ބުނީ މިއީ ހުޅަނގުގެ ކޮންސެޕްޓްތައް ކޮޕީ ނުކޮށް އިންޑިއާގެ އަމިއްލަ ވަންތަކަން ދައްކައިދިނުމަށް އަމިއްލަ ކޮންސެޕްޓަކަށް ތައްޔާރުކުރާ ޝޯއެއް ކަމަށެވެ.

ޝޯގެ ބައިވެރިން 72 ދުވަސް ވަންދެން ޖަލެއްގައި ބަންދުކޮށްފައި ބައިތިއްބާއިރު ޖަލެއްގައި ހިނގާނެ އެކިއެކި ކަންކަމާއި ހަރުކަށި އުސޫލުތައް ޝޯއިން ފެނިގެންދާނެ ކަމަށް އެކްތާ ވަނީ ބުނެފައެވެ. ޝޯފަށަނީ ޖުމްލަ 16 ބައިވެރިންނާއެކުއެވެ.

 

View this post on Instagram

 

A post shared by Erk❤️rek (@ektarkapoor)

ކަންގަނާ އަކި ބިރުކުޑަ އަންހެން ތަރިއެއްގެ ގޮތުގައި ފާހަގަ ވެފައިވާ ތަރިއެކެވެ. މި ޝޯއަކީ ވެސް ކަންގަނާގެ ޝަހުސިއްޔަތު ފަދަ ވަރުގަދަ ޝޯއެކެވެ.

ޝޯ ދައްކަން ފަށާނެ ސީދާ ވަކި ތާރީހެއް އަދި ހާމަ ނުކުރި ނަމަވެސް މިމަހު ފަހުކޮޅު ބެލުންތެރިންނާ ހަމައަށް ޝޯ ގެނެސްދޭނެ ކަމަށް ޕްރޮޑަކްޝަން ޓީމުން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.