އިންޑިއާގެ ރަންއަޑުގެ ވެރިޔާ ލަތާ ކޯވިޑްގައި މަރުވެއްޖެ

އިންޑިއާގެ ރަންއަޑުގެ ވެރިޔާ ލަތާ ކޯވިޑްގައި މަރުވެއްޖެ

Author
މުޙައްމަދު ޖިމީ
06 ފެބްރުއަރީ 2022 09:35
0

އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ލެޖެންޑް ލަތާ މަންގޭޝްކަރު ދެންމެ މަރުވެއްޖެއެވެ.

ލަތާ މަރުވީ ކޯވިޑް ޖެހި، ވެންޓިލޭޓަރުގައި ފަރުވާދެމުން އަންނަނިކޮށެވެ. ލަތާ މަރުވިއިރު ޢުމުރަކީ 92 އަހަރެވެ.

ލަތާގެ ހާލު ސީރިއަސްވުމުގެ ސަބަބުން ހޮސްޕިޓަލަށް ގެންދިއުމަށްފަހު އައިސީޔޫގައި ފަރުވާ ދޭން ފަށާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

ލަތާއަކީ އިންޑިއާގެ ރަން އަޑުގެ ވެރިޔާގެ ގޮތުގައި މަޝްހޫރުކަން ހޯދާފައިވާ ފަންނާނެކެވެ. ލަތާ އަކީ މަޝްހޫރު ލަވަކިޔުންތެރިޔާ އާޝާ ބޯސްލީ 88 އާއި، އޫޝާ މަންގެޝްކަރު 88ގެ ދައްތައެވެ. ލަތާ ވަނީ 25،000އަށް ވުރެ ގިނަ ލަވަ ރެކޯޑްކޮށްފައެވެ.

ލަތާ އަކީ ކުރިންވެސް އަދި މިހާރުވެސް އިންޑިއާގެ ފިލްމީ ދާއިރާއިން އެތައް ބައެއްގެ ލޯބި ލިބިފައިވާ ތަރިއެކެވެ. މިއުޒިކްގެ ދާއިރާއިން ލަތާ ހޯދާފައިވާ ކާމިޔާބީތަކުގެ ތެރޭގައި އިންޑިއާގެ އާންމު ރައްޔިތުންނަށް ދޭ އެންމެ މަތީ ޝަރަފު، ބާރަތު ރަތުނާގެ ލަގަބު ލަތާއަށް 2001ގައި ވަނީ ލިބިފައެވެ. އަދި ތިން ފަހަރެއްގެ މަތިން ގައުމީ ފިލްމު އެވޯޑު ލަތާއަށް ލިބިފައިވާއިރު، އޭނާއަށް އެކި ފަހަރު މަތިން ފިލްމު ފެއާ އެވޯޑު ލިބިފައިވޭ؛ އޭގެ ތެރޭގައި ލައިފްޓައިމް އެޗީވްމެންޓު އެވޯޑާއި ފިލްމު ފެއާ ސްޕެޝަލް އެވޯޑު ދެ ފަހަރެއްގެ މަތިން ވަނީ ލިބިފައެވެ. މީގެ އިތުރުން ބެންގަލް ފިލްމު ޖާނަލިސްޓްސް އެސޯސިއޭޝަން އެވޯޑު 15 ފަހަރެއްގެ މަތިން ލިބިފައިވެއެވެ.

ލަތާއަށް ފުއްޕާމޭގެ އިންފެކްޝަނެއް ކުރިމަތިވެ، 2019ގައި ވަނީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ފަރުވާ

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.