އެއްވެސް ނުބައި ނިޔަތެއްނެތް، "ސަންސެޓް" ގެސްޓް ހައުސްގައި ތިބެވުނީ އެރި އޮޅުމަކުން: ފުއާދު

އެއްވެސް ނުބައި ނިޔަތެއްނެތް، "ސަންސެޓް" ގެސްޓް ހައުސްގައި ތިބެވުނީ އެރި އޮޅުމަކުން: ފުއާދު

Author
މުޙައްމަދު ޝަޒައިމް
05 ފެބްރުއަރީ 2022 12:24
0

އިލެކްޝަން ކޮމިޝަނުން ފޯކައިދޫއަށް ދިޔަ ޓީމު ފޯކައިދޫގެ ވަކި ޕާޓީއަކަށް ތާއީދުކުރާ ގެސްޓް ހައުސްއެއްގައި ތިބެވުނީ، އެރި އޮޅުމަކުން ކަމުގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ވިދާޅުވެއްޖެއެވެ.

ފޯކައިދޫއަށްދިޔަ އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުން ތިބި ގެސްޓް ހައުސްގައި އެމްޑީޕީގެ މެމްބަރުންވެސް ތިބި މައްސަލާގައި އެރަށު ގިނަ ބަޔަކު ހިންހަމަ ނުޖެހުން ފާޅުކުކޮށް، އެމައްސަލަ އިލެކްޝަނަށް ހުށަހެޅުމުން މިހާރު ފޯކައިދޫގައި ތިބި އިލެކްޝަންސްގެ އޮފިޝަލުން އެހެން ގެސްޓް ހައުސްއަކަށް ބަދަލު ކުރުމަށް ވަނީ ނިންމާފައެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް މިރޭ ރާއްޖެ ޓީވީގައި ވާހަކަ ދައްކަވަމުން ވިދާޅުވީ އިލެކްޝަނުން ދިޔަ 15 އޮފިޝަލުން ފޯކައިދޫގައި ތިބި ގެސްޓް ހައުސްއަކީ އިލެކްޝަނުން ފޯކައިދޫގައި ކަނޑައެޅި އޮފިޝަލު ހަމަޖެއްސި ގެސްތް ހައުސްއެއްކަމަށެވެ. އެރަށަށް މިއަދު ހެނދުނު ޓީމު ދިޔަފަހުން މިރެއާއި ހަމައަށް އެއްވެސް މައްސަލައެއް ދިމާނުވާކަމަށް ފުއާދު ވިދާޅުވިއެވެ.

ނަމަވެސް މިރޭ އެރަށު ބަޔަކު އެގެސްޓު ހައުސްއަކީ ވަކި ޕާޓީއަކަށް ނިސްބަތްވާ ބަޔަކު ހިންގާ ތަނެއްކަމަށް މައްސަލަ ޖައްސައި، އެކަމުގެ ކަންބޮޑުވުން ފާޅުކުރި ހިސާބުން އެތަނުން އިލެކްޝަންސްގެ އޮފިޝަލުން ބަދަލު ކުރުމަށް އަންގާފައިވާކަމަށް ފުއާދު ވިދާޅުވިއެވެ.

އެނާ ވިދާޅުވީ މިކަމަކީ އެއްވެސް ނުބައި ނިޔަތެއް، ނުވަތަ ވަކި ކަމެއް ހާސިލް ކުރުމަށް ކުރި ކަމެއްނޫންކަމަށާއި، އެއްވެސް ރައްޔިތަކު ޝަކުވާއެއް ކޮށްފިނަމަ އެކަމަށް ހައްލު ހޯދައިދީ މިނިވަން އިންސާފުވެރި އިންތިޚާބަކަށް މިއިންތިޚާބު ހެދުމަށް މަސައްކަތް ކުރައްވާނެކަމަށެވެ. އަދި މިރޭ މިހާތަނަށް ތަނެއް ލިބުމުގައި ދަތިތަކެއް ހުރުމުން، ފުލުހުންގެ އެކޮމަޑޭޝަންގައި އިލެކްޝަން އޮފިޝަލުން ބޭތިއްބޭނެ ފަދަ އިންތިޒާމުތަކަމެއް ހަމަޖެހިފައިވާކަމަށް ފުއާދު ވިދާޅުވިއެވެ.

ފުއާދު ވިދާޅުވީ އިލެކްޝަންގެ އޮފިޝަލުން އިންތިޚާބުގެ ޤާނޫނާއި ޚިލާފް އެއްވެސް ކަމެއް ނުކުރާނެކަމުގެ ޔަގީންކަން އޮތްކަމަށެވެ. އަދި މާދަމާ ވޯޓުލާން ކަނޑައެޅިފައިވާ ގަޑިއަށް ވޯޓުލުމުގެ ކަންކަން ފެށިގެންދާނެކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޖ ޖަމާލު
ނިޔަތް އެނގޭކަމައްބުނާމީހަކީ ސަމީމ!ލ
ޖ ޖުންގާ
އަބަދުވެސް އޮޅިފަ.އޮޅިސަރުކާރުގަތޮބޭނީ އޮޅިފަ ތިބި މީހުން.ކޮންމެ ކަމެއްވެސް އޮޅިފަ އޮންނަނީ.
މ މުންޖިޗޭ
އެއްވެސް އޮޅުމެއްނެތް. އެއީ މާބުލް ހޮޓަލެއްނޫން. އެއީ ހަމަ ސަންސެޓް ހޮޓާ. ކުރިންވެސް ރޭވިފައީ އޮތީ އެއްތަނެއްގައި ތިބެގެން ވޯޓު އޮޅުވާލާ ފޯމިއުލާ ބޭނުންކުރަން ކަމަށްވާތީ އެކަން އެގޮތަށްކުރީ. ކުރީއްސުރެ ކަށީގައި ހިފާފަހުރި އާދައެއްވީމަ މިފަހަރުވެސް އެކަން ތަކުރާރުވަނީ!
ހ ހަސަނު
ގެސްޓުއުސް ހިންގަނީ ޕާޓީތަކުން ދޯ!!!
ދ ދިލް
ހޭނުޖެހޭ ކުޑަކުދިން މިފަދަ މަގާމްތަކަށް ކުފޫ ހަމަނުވާނެ. އަވަހަށް ގެއަށް ވަޑަިއގަންނަވާ. ލީޒާ އެބަ އުޅުއްވާ
އ އިސްކުރުބެ
ޤާނޫނެއް ނެތްތަނެތް ތަނެއްގައި އެކަމާއި ޚިލާފުވެސް ވާކަށް ޖާގައެއް ނޯނާނެތާ ދޯ ފުޑޫބޭ.
ރ ރަގަނޅު ވާހަކައެއް
ޕިސްޕިސް
ރ ރަގަނޅު ވާހަކައެއް
ކަލޭނޭ މިއޮއް ފަދަ ދަން ވަރު އެރަށު ރައްޔިތުންގެ ނިދި ގެއްލުވާލީ އޭ ދޯ ކޮންފަދަ ކަމެއް ދެން މި އުޅޭ އަދިކޮޅު ޕާޓީ މީހުން ކޮންމެފަދަ ކަމެއް ވެސް ކޮއް ފާނެ މިހާރު ބޯފަޅާގެން ދޭ ހުވާ