ކާތިކް އާރިޔާނަށް އާ ލޯބިވެރިއެއް ލިބިއްޖެ

ކާތިކް އާރިޔާނަށް އާ ލޯބިވެރިއެއް ލިބިއްޖެ

Author
ފާތިމަތު ނާވީ
03 ފެބްރުއަރީ 2022 05:35
0

ބޮލީވުޑްގެ ޒުވާން އެކްޓަރު ކާތިކް އާރިޔާން އޭނާގެ އައު ލޯބިވެރިޔާ ކަމަށް ބުނެ ޕަޕީއެއް ތައާރަފު ކޮށްދީފިއެވެ.

ހުދު ކުލަިއގެ ކުޑަކުޑަ ޕަޕީއެއް ކާތިކް ގެއަށް ގެނެސްފައި ވާއިރު، އެ ޕަޕީއަށް ދީފައިވާ ނަމަކީ ކަޓޯރީއެވެ.

ކަޓޯރީގެ ފޮޓޯ އިންސްޓަގްރާމްގައި ޕޯސްޓް ކުރުމާއެކު ގިނަ ބަޔަކު ވަނީ ކޮމެންޓް ކޮށްފައެވެ. އެގޮތުން އެ ޕަޕީ ވަރަށް ލޯބިކަމަށް ގިނަބަކު ވަނީ ބުނެފައެވެ.

 

View this post on Instagram

 

A post shared by KARTIK AARYAN (@kartikaaryan)

ކާތިކް ވަނީ މި ޕަޕީގެ ނަމުގައިވެސް އިންސްޓަގްރާމް އެކައުންޓެއް ހުޅުވާފައެވެ. އަދި މި އެކައުންޓް ހުޅުވީތާ ބައިގަޑިއިރުގެ ތެރޭގައި ވަނީ 2000 އަށްވުރެ ގިނަ މީހުން ފޮލޯ ކުރަން ފަށާފައެވެ.

މިވަގުތު ކާތިކް މަސައްކަތް ކުރަމުން އަންނަނީ "ބޫލު ބުލައްޔާ 2″ ގައެވެ. މި ފިލްމު މާރިޗް 25ވަނަ ދުވަހު ރިލީޒް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.