މާދަމާ މާލޭގައި 39 ކައިވެނި

މާދަމާ މާލޭގައި 39 ކައިވެނި

Author
މުޙައްމަދު ޝަޒައިމް
01 ފެބްރުއަރީ 2022 03:05
0

މިއަހަރުގެ އެންމެ ރީތި ތާރީހުގެ ތެރެއިން މާދަމާ 39 ކައިވެނި ކުރުމަށް ހަމަޖެހިފައިވާ ކަމަށް ފެމެލީ ކޯޓުން ބުނެފިއެވެ.

ކޮންމެ އަހަރެއްގެވެސް ރީތި ތާރީޚުތަކުގައި ގިނަ ބަޔަކު ކައިވެނި ކުރެއެވެ. މިއަހަރުގެ ރީތި ތާރީޚުތަކުގެ ތެރެއިން މާދަމާ 02-02-2022 ގައި މާލެ ސަރަހައްދުގައާއި، އަތޮޅު ތެރޭގެ ރަށްތަކުގައި ކައިވެރި ކުރުމަށް ވަނީ ހަމަޖެހިފައެވެ. ނަމަވެސް ފެމެލީ ކޯޓުން އާންމުކޮށްފައިވާ މައުލޫމާތުން މާލެ ސަރަހައްދުގައި 39 ކައިވެނި ކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.

ފެމިލީ ކޯޓުން ބުނީ މާލޭގައި މާދަމާ 39 މީހަކު ކައިވެނިކުރަން ނިންމާފައިވާއިރު މީގެ ތެރެއިން 28 ކައިވެންޏެއް ކުރަން ނިންމާފައ ވަނީ ކޯޓުގައި ކަމަށާއި ކޯޓުން ބޭރުގައި 11 ކައިވެންޏެއް ހަމަޖައްސާފައިވާ ކަމަށެވެ.

މިއަހަރު ދެން އެންމެ އަވަހަށް އަންނާނެ ރީތި ތާރީހަކީ މިމަހުގެ 22 އެވެ. އެއީ 22-02-22 އެވެ. މިއީ މި އަހަރު އެންމެ ގިނަ ބަޔަކު ކައިވެނިކުރާ ދުވަހަށް ވުން ވެސް އެކަށީގެންވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.