އިންޑިއާއިން އައިސް ކަންކަށިމަތީ ނުޖަހަނީސް ޤާނޫނަކުން އިންޑިއާ އައުޓް ހުޓުވާ: މޫސަ

އިންޑިއާއިން އައިސް ކަންކަށިމަތީ ނުޖަހަނީސް ޤާނޫނަކުން އިންޑިއާ އައުޓް ހުޓުވާ: މޫސަ

Author
މުޙައްމަދު ޖިމީ
31 ޖެނުއަރީ 2022 10:34
0

ޤާނޫނަކުން އިންޑިއާ އައުޓް ހުއްޓުވުމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް އަދި އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން މޫސާ މަނިކު ތާޢީދުކުރައާވައިފިއެވެ.

"އިންޑިއާ އައުޓް" ޖިނާއީ ކުށަކަށްހަދައި، ބޮޑެތި އަދަބުތައް ދޭން ބިލެއް އެމްޑީޕީން އެކުލަވާލާ މިދައުރަށް ހުށައެޅުމަށް މަސައްކަތް ފެށުމުން އެކަމަށް ތާޢީދުކުރައްވާ މޫސާ  މަނިކު ވިދާޅުވީ، އިންޑިއާ އައުޓް ގޮވާމީހުން ރައްޔިތުންގެ ބައިތުލްމާލުން ޚަރަދުކޮށްގެން މުސާރައާއި އިނާޔަތް ނަގަމުން ދާކަމަށާއި، ނަމަވެސް ނިކަމެތި ރައްޔިތުން އިއްނޑިއާއަށް ބޭސްފަރުވާއަށް ގޮސް މެޑިކަލް ކޮލެޖުގައި ކިއުގައި ތިބެންޖެހޭކަމަށެވެ. އެހެންކަމުން އިންޑިއާއިން އިތުރު ދަތިކަމެއް ނާންނަނީސް އިންޑިއާ އައުޓް ޤާނޫނަކުން ހުއްޓުވުމަށް ތަޢީދުކުރާކަމަށް މޫސާ މަނިކު ވަނީ ހާމަކުރައްވާފައެވެ.

އިންޑިއާ އައުޓް ހުއްޓުވުމަށް އެކުލަވާލާ ބިލުގެ ޑްރާފްޓުގައި ބުނެފައި ވަނީ ބިލުގެ މަޤުޞަދަކީ ބޭރު ގައުމުތަކާ އެކު ގާއިމުކޮށްފައިވާ ހާރިޖީ ގުޅުންތަކަށާއި އެ ގައުމުތަކާ ދެމެދު އޮންނަ ގުޅުމަށް ނޭދެވޭ އަސަރު ކޮށްފާނެ އަމަލުތައް ހުއްޓުވުން ކަމަށެވެ.

އެފަދަ އަމަލެއް ކަމަށް ބެލެވޭނީ ގާނޫނީ އަދި ބައިނަލްއަގުވާމީ ހަމަތަކާއި ދެ ގައުމުން ބަލައިގެންފައިވާ އުސޫލަކާ އެއްގޮތަށް އޮތް ކަމެއްގައި، ރައްޔިތުންގެ ނަމުގައި ރާއްޖެ ރަމްޒުވާ ގޮތަށް ވަކި ބަޔަކު ނުވަތަ ސިޔާސީ ޕާޓީއަކުން ވަކި ގައުމެއްގެ ސަރުކާރާއި އެ ގައުމެއްގެ ވަކި މުއައްސަސާއަކާ ދެކޮޅަށް މުޒާހަރާކުރުމާއި ސިޔާސީ ހަރަކާތް ހިންގުމުން ކަމަށް ވެސް ބިލްގައި ބުނެފައި ވެއެވެ.

ބިލްގައިވާ ފަދަ ކުށެއް މީހެއްގެ މައްޗަށް ސާބިތުވެއްޖެނަމަ އަދަބެއްގެ ގޮތުގައި 20،000 ރުފިޔާ އިން ޖޫރިމަނާ ކުރުމާއި، އެއް އަހަރަށް ވުރެ ދިގު ނޫން މުއްދަތަކަށް ގޭބަންދު ކުރުމާއި، ހަމަސް ދުވަހަށް ވުރެ ކުރު މުއްދަތަކަށް ޖަލަށް ލުން ވެސް ހިމެނެއެވެ. މިބިލް އެކުލަވާލާފައި އޮތީ ބިލް ގާނޫނަކަށްވެ ތަސްދީގު ކުރާ ދުވަހު އަމަލުކުރާ ގޮތަށެވެ. މި ބިލްގެ ދަށުން ހަދަންޖެހޭ ގަވައިދުތައް ތިން މަސް ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކޮށްފައިވަނީ ފޮރިން މިނިސްޓްރީ އަށެވެ.

މިހާރު އެމްޑީޕީގެ ބައެއް މެންބަރުންނަށް ބިލް ފޮނުވައި ބިލަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެމެންބަރު ވިދާޅުވީ ބިލް އަދި އޮތީ ޑްރާފްޓިން މަރުހަލާގެ ވެސް އެންމެ ކުރީކޮޅުގައި ކަމަށް ވާތީ ބިލަށް ބޮޑެތި ބަދަލުތަކެއް އައުން ވެސް އެކަށީގެންވާ ކަމަށެވެ.

ދިވެހި ދައުލަތުން އެކި ގައުމުތަކާ އެކު ގާއިމުކޮށްފައިވާ ގުޅުންތަކަށް ނޭދެވޭ އަސަރު ފޯރާ ގޮތަށް ހިންގާ އަމަލުތަކަކީ ޖިނާއީ ކުށަކަށް ހަދަން ބިލެއް ޑްރާފްޓް ކޮށްފައި މިވަނީ އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީން "އިންޑިއާ އައުޓް"ގެ ނަމުގައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޭބުމަށް ގޮވާލައި ވަރުގަދަ ކެމްޕޭނެއް ހިންގަމުންދާ ވަގުތެއްގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

މ މުހައްމަދު
ޕީޕީއެމް ސަރުކާރުގަ އަދީބު އަތުން ލިބުނު ފައިސާ އާއި އޭނާގެ ނުފޫޒުން ހޯދި ލޯނުތަކުން ނުފުދީނީތާ. ރިޒުގު ލިބެނީ ﷲ ކުޅަދުންވަންތަކަމުން. ހިނދުކޮޅެއްގެތެރޭގައި ދެއްވިހާތަކެތި ގެންދެވުމަށްވެސް ﷲ ކުޅަދުންވަންތަ އެވެ. ބޮޑާނުވެ ޝުކުރުވެރިވެގެން ދުނިޔޭގައި އުޅެވޭތޯ ބެލިއްޔާ މާރަގަޅުވާނެ. ރައްޔިތުން ނުރުހޭގޮތަށް މިގައުމުގައި އެއްވެސް ބަޔަކު ތިބެގެންނުވާނެ. ރައްޔިތުން ނުރުހުން ފާޅުކުރަމުންދާއިރު ބޭރުގައުމެެއްގެ ސިފައިން މިގައުމުގައި ބައިތިއްބައިގެން އުޅުމަކީ އެގައުމުގެ ސިޔާސީ މީހުންގެ ގޮތްކުޑަކަން.
ސ ސއައީދު
މިގައުމައް ފާރަވެރިވެފަ މިގައުމުގާތިބި ބުދުދީނުގެ މިލްޓަރީ އިންޑިޔާސިފައިން ފިރުއައުނު އަރަގުކުރެއްވިފަދައިން މިބައިމީހިން އަރަގުކުރައްވާ މިވެރިކަން ކުރަމުން މިގެންދާ ވެރިމީހާޔާ އޭނާގެ އާވާނުންނާއެކު އެބައިމީހުންގެ މަރުހިއްޕަވާންދޭ މިގައުމު ބުދުދީންނުގެކިބައިން މިންޖުކުރައްވާންދޭ އާމީން
ކ ކުރޮޅިކުރޮޅި
މޫސާކަލޭތީކާކުކަންް އެނގޭމަދުފައިސާކޮޅަކައްް ނުކުރާނެެ އެއްވެސްކަމެއްނޯންނާނެެ އަމިއްލަޔައްބަރަހަނާވެެ މަގުމަތިވާއިރުވެސްް ރެޔެެކާނުލާނެވަރުގެެ ގާބިލުމީހެއްް މޮޅުމީހެއް ދެންދާންވީީ ކޮންމެވެސްކަހަލަަ ފިލްމެއްކުޅެން
މ މުންޖިޗޭ
ކިތަންމެ ފާޓު ފުޅަލަކަސް އެގޮތަކަށް ނުޖެގޭނެ. ޣައްދާރުންގެ ވިސްނުން ނިކަކަންދެކިބަލަ! މިމީހުންގެ ކުރިމަތިގައި އަމިއްލަ ގައުމިއްޔަތުކަމުގެ އެއްވެސް އަގެއްނެތް. އަޅެފަހެ މިއީ ދިވެހީންނޭ ބުނަން ހެޔޮވާނެތަ.