އެމްއެންޕީން މަސައްކަތްކުރަނީ އިދިކޮޅު ޕީޕީއެމްއަށް ކޮމަންޑޫ ދާއިރާގެ ގޮނޑި ކާމިޔާބުކޮށްދިނުމަށްކަމަށް އެމްޑީޕީގެ ނާއިބު ރައީސް އަދި ރައީސް އޮފީހުގެ މިނިސްޓަރ މުޙައްމަދު ޝިފާޒް ވިދާޅުވެއްޖެއެވެ.
ށ.މަރޮށީގައި އޮތް އެންޑީޕީ ކެމްޕެއިން ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުން ޝިފާޒް ވިދާޅުވީ، އެމްއެންޕީއަކީ ސަރުކާރަށް އަބަދުވެސް ތާޢީދުކުރާ ބައެއްކަމަށާއި، ނަމަވެސް މި ބައި އިލެކްޝަންގައި ވާދަކުރަން އެޕާޓީއަށް ކެނޑިޑޭޓެއް ލިބުމާއެކު އެޕާޓިއަށް ސަރުކާރު ވަރަށް ބޮޑަށް ގޯސްވެފައިވާކަމަށެވެ. އަދި ސަރުކާރުގެ ރަނގަޅު އެއްވެސް ސިފައެއް މިހާރު އެމްއެންޕީއަށް ނުފެންނަކަމަށްވެސް ޝިފާޒް ވިދާޅުވިއެވެ.
އިންތިޚާބު ކައިރިވަމުންދާވަރަކަށް އެމްއެންޕީން ކުރަމުންދާ ކަންކަން ސާފުވާކަމަށާއި، ވޯޓް ދިނުމުގެ ކުރިން އެ ދާއިރާގެ ރައްޔިތުން ވިސްނަން ޖެހޭކަމަށްވެސް ޝިފާޒް ވިދާޅުވިއެވެ. ޝިފާޒް ވިދާޅުވީ އެމްއެންޕީން އުޅޭނީ އެމްޑީޕީން ގެންނަ ތަރައްޤީއަށް ކުރާ މަސައްކަތްތަކާއި އުއްމީދުތައް ފުނޑުފުނޑުކޮށްލުމަށްކަމަށެވެ.
ޝިފާޒް ވިދާޅުވީ، ކުރީ ސަރުކާރަކީ ރައްޔިތުންނަށް ވަރަށް އަނިޔާވެރިވި ސަރުކާރެއްކަމަށާއި، އެތައް ބަޔަކު ހައްޔަރުކުރިއިރު އޭގެ ތެރޭގައި މިހާރުގެ އެމްއެންޕީގެ ބޭފުޅުންވެސް ހިމެނުނުކަމަށެވެ. އޭނާ ވަނީ އެމްއެންޕީއަށް ކޮމަންޑޫ ދާއިރާގެ ގޮނޑި ކާމިޔާބު ނުކުރެވޭނެކަން އެނގުމުން، މިހާރު މަސައްކަތްކުރަނީ މަޖިލީހުގެ ގޮނޑި އިދިކޮޅަށް ކާމިޔާބުކޮށްދިނުމަށްކަމަށެވެ.
ނިމިދިޔަ ސަރުކާރުން ރައްޔިތުންނަށް އެތައް އަނިޔާއެއް ކުރިމަތި ކުރުވި ސަރުކާރެއެއް. އަދި އެ ޕާޓީގެ ބޭބޭފުޅުންވެސް ނަގާ ހައްޔަރު ކުރި ސަރުކާރެއް. އެހެންނަމަވެސް މިއަދު އެމްއެންޕީން އެ މަސައްކަތް ކުރަނީ އެބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއެއް ހޯދަދޭން..
– މުޙައްމަދު ޝިފާޒް
ޕާޓީގެ ނައިބް ރައީސް @mdpshippe ގެ ވާހަކަފުޅު ދެއްކެވުން
ރައްޔިތުން މަޖިލިސް ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީ ކެންޑިޑޭޓް @Rashid141221 ގެ ކެންޕެއިން ކަންމަތީ ޖަލްސާ މަރޮށީގައި ކުރިއަށް ދަނީ #VoteRashid#Agenda19 pic.twitter.com/frarklQ4UD
— MDP Secretariat (@MDPSecretariat) January 29, 2022
އަންނަ މަހުގެ ފަސް ވަނަ ދުވަހު އޮންނަ ކޮމަންޑޫ ދާއިރާގެ އިންތިޚާބުގެ ކެމްޕެއިން ފޯރި ވަނީ ގަދަވެފައެވެ. އެ ދާއިރާގެ ގޮނޑި ކާމިޔާބުކުރައްވަން ރައީސްއާއި ނާއިބު ރައީސްއާއި، ސަރުކާރުގެ އިސް ބޭފުޅުންނާއި، ކުންފުނިތަކުގެ ވެރިންނާއި، ކޯލިޝަންގެ ބައިވެރިންވެސް ގެންދަވަނީ އެ ދާއިރާއަށް ދަތުރުކުރައްވާ އެމްޑީީޕީގެ ކެނޑިޑޭޓަށް ކާމިޔާބުކޮށްދިނުމަށް މަސައްކަތްކޮށްދެއްވަމުންނެވެ.
ކޮމެންޓު ފޮނުވާ