ރާއްޖޭގައި ތިބި އުމުރުން އެންމެ ދުވަސްވީ މީހުންގެ ތެރޭގައި ހިމެނޭ އެކަކު އުމުރުން 106 އަހަރުގައި މިއަދު ނިއާވެއްޖެއެވެ.
ފުވައްމުލަކު މީހެއް ކަމަށްވާ އަލީ ސުލައިމާން މިއަދު 7:15 ހާއިރު ނިއާވި މާލޭގައި އޭނާ ދިރިއުޅޭ ގޭގައި ކަމަށް ވަނީ އެނގިފައެވެ. އައިޖީއެމްއެޗަށް ގެންގޮސް ޓެސްޓުކުރި އިރު ކޯވިޑަށް ޕޮޒިޓިވް ކަމަށް ވެސް ވަނީ އެނގިފައެވެ.
ފެންނަން ހުރި މައުލޫމާތަށް ބަލާއިރު ބުރަވެވެނީ އަލީ ސުލައިމާނަކީ ރާއްޖޭގައި އެއް ވަނަ ނުވަތަ ދެ ވަނަ އަށް އެންމެ ދުވަސްވީ މީހާ ކަމަށެވެ.
އެހެން ކަމުން ސުލައިމާންގެ ޖަނާޒާކުރިއަށް ގެންދިޔައީ ކޮވިޑްގަައި ނިޔާވާ މީހުންގެ ޖަނާޒާ ކުރިއަށް ގެންދާ ހުޅުމާލެ ސަހަރާގައެވެ.