މާލެ އާއި ފޯކާދުއާއި ދެމެދު މާބޮޑު ތަފާތެއް ނުފެނޭ: ސިއްޕެ

މާލެ އާއި ފޯކާދުއާއި ދެމެދު މާބޮޑު ތަފާތެއް ނުފެނޭ: ސިއްޕެ

Author
މުޙައްމަދު ޝަޒައިމް
27 ޖެނުއަރީ 2022 10:07
0

ރާއްޖޭގެ ވެރިކަން ކުރާ ރަށް މާލެއާއި، ށ.ފޯކައިދުއާއި ދެމެދު މާބޮޑު ތަފާތެއް މިހާރު ނުފެންނަ ކަމުގައި އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒު ވިދާޅުވެއްޖެއެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި މިއަދު ހަވީރު ފޯކައިދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިފާޒު ވިދާޅުވީ ފާއިތުވީ މަދު ދުވަސްތަކެއްގެ ތެރޭގައި ފޯކައިދޫއަށް މިސަރުކާރުން ބޮޑެތި ބަދަލުތަކެއް ގެންފައިވާކަމަށެވެ. އެގޮތުން މިވީ ތިން އަހަރުގައި ގެނައި ބަދަލުތަކާއި ފޯކައިދޫއަށް ގެނެސްފައިވާ ކުރިއެރުންތަކަށް ބަލާއިރު ވެރިކަންކުރާ ރަށް މާލެއާއި މާބޮޑު ތަފާތެއް ނެތްކަމަށެވެ.

އޭނާ ވިދާޅުވީ މާލެއާއި ފޯކައިދޫއާއި ދެމެދު ހުރި ތަފާތަކީ، މާލޭގެ މަގުތަކުގައި ތާރު އަޅާފައި ވުންކަމަށާއި، އަދި ރުށްގަސް މާލޭގައި މެދުވުންކަމަށެވެ. ފޯކައިދޫގެ މަގުތަކުގައި ތާރުނޭޅި، ރުށްގަސްތައް ގިނަ ވުމަކީ ދެ ރަށުން ފެންނަ ހަމައެކަނި ތަފާތުކަމަށް އެނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ފޯކައިދޫއަށް އާދެވޭތާ ގާތްގަނޑަކަށް 16 ނުވަތަ 17 އަހަރު ވެއްޖެ ކަމަށެވެ. ކުރީގައި ފޯކައިދޫއަށް އަންނައިރު ފޯކައިދޫއާ މިހާރު މިފެންނަ ފޯކައިދޫއާ އަޅާކިޔާލަންޖެހޭ ކަމަށާއި މިއަދު މިސަރުކާރުން ބޮޑެތި ބަދަލުތަކެއް ފޯކައިދޫއަށް ގެނެސްފައިވާކަމަށެވެ. އަދި މިހާރު ގެނެސްފައިވާ ތަރައްޤީ އާއިއެކު ފޯކައިދޫގައި މިއަދު މަދުވާ ހަމައެއްކަމެއްވެސް ނެތްކަމަށް ޝިފާޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ފޯކައިދޫ ޒަމާނީ ފެންވަރަށް ބަދަލު ކުރުމަކީ މިސަރުކާރުގެ ސިޔާސަތެއް ކަމަށެވެ. އެކަން ދެންވެސް ކުރާނީ މިސަރުކާރުންކަމަށާއި، އެހެންކަމުން ފެބްރުއަރީ ފަސްވަނަ ދުވަހު އޮންނަ އިންތިޚާބުގައި އެމްޑީޕީގެ ކެނޑިޑޭޓަށް ވޯޓު ދެއްވަންޖެހޭކަމަށް ޝިފާޒު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ލ ލާސް
ނުފެންނާނެތާދޯޯ ނޭގެންޏާ
ހ ހުދުހުދު
މާލެ އާއި ފޯކާދުއާ އެކަނިތޯ މިގައުމުގަ އޮތީ؟ ވޯޓެއް ހޯދަންވީމާ ދައްކާ ވާހަކަ ކަން ރައްޔިތުންނަށް އެނގޭ.