ކޯވިޑްގައި މިއަދުގެ 2 ވަނަ މަރު، ޖުމްލަ އަދަދު 274އަށް

ކޯވިޑްގައި މިއަދުގެ 2 ވަނަ މަރު، ޖުމްލަ އަދަދު 274އަށް

Author
މުޙައްމަދު ޝަޒައިމް
27 ޖެނުއަރީ 2022 08:16
0

ކޯވިޑަށް ފަރުވާ ހޯދަމުންދިޔަ އިތުރު ދިވެއްސަކު މިއަދު ހަވީރު ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން މަޢުލޫމާތު ދެއްވި ގޮތުގައި މިއަދު ހަވީރު 4.53 ހާއިރު ނިޔާވެފައިވަނީއުމުރުން 84 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިމީހާއަކީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ މީހެކެވެ. މިއީ ކޯވިޑް ޖެހިގެން ރާއްޖެއިން ނިޔާވި 274 ވަނަ މީހާއެވެ.

ކޯވިޑް ބަލީގައި މިއަދު ހެނދުނުވެސްވަނީ ދިވެއްސަކު ނިޔާވެފައެވެ. ހެނދުނު ނިޔާވެފައިވަނީވެސް ހުޅުމާލެ މެޑިކަލް ފެސިލިޓީގެ ވެންޓިލޭޓަރުގައި ފަރުވާދެމުން އުމުރުން 73 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ކޯވިޑްގެ އައު ވޭރިއަންޓް އޮމިކްރޯނާއެކު ރާއްޖޭގައިވެސް ކޯވިޑް ފެތުރޭ ނިސްބަތް ވަނީ ވަރަށްބޮޑުތަން އިތުރުވެފައެވެ. އަދި ބަލީގައި އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ މީހުންގެ ޢަދަދުވެސް ވަނީ މައްޗަށް އަރަންފަށާފައެވެ. މިގޮތުން އެޗްޕީއޭއިން އެންމެފަހުން އާއްމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި 16600އަށްވުރެ ގިނަ އެކްޓިވް ކޭސް މިހާރު ރާއްޖޭގައި އޮތް އިރު މީގެތެރެއިން 50 އަށްވުރެ ގިނަ މީހުން އަންނަނީ އެޑްމިޓްކޮށްގެން ފަރުވާދެމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.