ޖިނާއީ މައްސަލަތަކުގެ ޝަރީއަތް ލަސްވާ މައްސަލައި 5 އިދާރާއެއް ހާޒިރުކުރަނީ

ޖިނާއީ މައްސަލަތަކުގެ ޝަރީއަތް ލަސްވާ މައްސަލައި 5 އިދާރާއެއް ހާޒިރުކުރަނީ

ޖިނާއީ މައްސަލަތައް ކޯޓުތަކުގައި ތާވަލު ކުރެވޭ ގޮތާއި އެ ގޮތުގެ މަތިން މައްސަލަ ނުދާ މައްސަލައިގައި ފަސް މުއައްސަސާގެ ވެރިން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހާޒިރު ކުރަން ނިންމައިފިއެވެ.

މަޖިލީހުގައި މިއަދު ބޭއްވި ޖުޑިޝަރީ ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި އޮތީ ޖިނާއީ މައްސަލަތަކުގެ އަޑުއެހުންތައް ތާވަލު ކުރާ ގޮތާއި އެގޮތަށް ޝަރީއަތްތައް ކުރިޔަށް ނުދާ މައްސަލައެވެ. މިއަދުގެ ބައްދަލުވުމުގައި ފަސް މުއައްސަސާއެއް ހާޒިރު ކުރަން ހުށަހެޅުއްވީ އެމްޑީޕީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފްއެވެ.

އެ ފަސް މުއައްސަސާއަކީ، ފުލުހުންނާއި، ޕޮލިސް ބޯޑްއާއި، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި، ޖުޑިޝަލް ސާވިސް ކޮމިޝަން އަދި ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަންއެވެ.

ހަސަން ލަތީފް ވިދާޅުވީ، މި މުއައްސަސާތަކުން ޖިނާއީ އިޖުރާއަތުގެ ގާނޫނާ އެއްގޮތަށް އަމަލު ކުރަމުންދޭތޯ ބަލައި ކޮމިޓީން އެކަން އޮޅުން ފިލުވަން ޖެހޭ ކަމަށެވެ. އަދި ހުރި މައްސަލަތައް ހައްލު ކުރުމަށް ކޮމިޓީއަށް ކޮށްދެވެނީ ކޮންކަމެއްތޯ ބަލައި އޮޅުން ފިލުވަން ޖެހޭ ކަމަށެވެ.

ޝަރީއަތުގައި ހިނގާ މައްސަލަތައް ލަސްކަމުގެ ޝަކުވާ ކޮމިޓީއަށް ލިބޭ ކަމަށާއި މައްސަލަތައް ދަށު ކޯޓުން ނިންމުމަށް އަހަރުތަކެއް ނަގާކަމަށާއި އެކަމަށް ހައްލު ހޯދަން ޖެހޭކަމަށް ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވިދާޅުވިއެވެ. މަދަނީ މައްސަލަތައް ލަސްވަމުންދާތީ، މަދަނީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނެވިފައިވާ ކަމަށް ސިރާޖު ވިދާޅުވިއެވެ.

ޖުޑިޝަރީ ކޮމިޓީގެ މުގައްރިރު އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ (އިންތި) ވިދާޅުވީ، ކޮމިޓީގެ ނިންމުން ތަންފީޒު ކުރުމުގެ ގޮތުން އެ މުއައްސަސާތަކަށް ސިޓީ މެދުވެރިކޮށް އެ ކަން އެންގޭނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލިސް މި ވަގުތު އޮތީ ޗުއްޓީއަށް ގޮހެވެ. ޖުޑިޝަރީ ކޮމިޓީގެ މި ބައްދަލުވުން ތާވަލުކޮށްފައި ވަނީ ޗުއްޓީގައި މަޖިލިސް އޮއްވައެވެ. މަޖިލިސް ހުޅުވަނީ އަންނަ މަހުގެ ތިންވަނަ ދުވަހުގައެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. މުޅިދައުލަތް ހާޒިރުކުރިޔަސް ނަޖިލިސް ފެއިލުވީމައި ވާނެ 6އެތި ވނީ

Leave a Reply

Your email address will not be published. Required fields are marked *