ޙާލަތު ގޯސްވެ 30 ރަށެއް މޮނިޓަރިންގައި

ޙާލަތު ގޯސްވެ 30 ރަށެއް މޮނިޓަރިންގައި

ކޯވިޑްގެ ކޭސްތައް އިތުރުވެ، މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ރަށްރަށުގެ އަދަދު 30އަށް އަރައިފިއެވެ.

ކޯވީޑްގެ ކޭސްތައް އަތޮޅުތަކުގައިވެސް ވަރަށް ބޮޑަށް ފެތުރެމުންދާއިރު މިހާރު މޮނިޓަރިންގެ ހާލަތުގައި އޮތް ރަށްރަށުގެ ތެރޭގައި ރާއްޖޭގެ އެންމެ އާބާދީ ބޮޑު ރަށްރަށްވެސް ހިމެނެއެވެ. އޭގެތެރޭގައި އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތައް ހިމެނޭގޮތަށް އެސިޓީއާއި، ފުވައްމުލަކު ސިޓީގެ އިތުރުން ކުޅުދުއްފުށި ސިޓީއާއި، ކ. ގުރައިދޫ، ހިމެނެއެވެ. އެގޮތުން މި ސަރަޙައްދުތަކުގެ އެކްޓިވް ކޭސްތައް އުޅެމުންދަނީ 100 އިން މަތީގައެވެ.

މިވަގުތު އެންމެ ގިނަ ރަށްރަށް މޮނިޓަރިންގެ ހާލަތުގައި އޮތީ ލ.އަތޮޅާއި ގދ. އަތޮޅާއި ހދ. އަތޮޅުގައެވެ. އެއިން ކޮންމެ އަތޮޅަކުން 3 ރަށް ވަނީ މޮނިޓަރިންގައެވެ. މީގެއިތުރުން ކ.މާފުއްޓަކީ މިހާތަނަށް އެންމެ ގިނަ ދުވަހު މޮނިޓަރިންގެ ހާލަތުގައި އޮތް ރަށްވެސްމެއެވެ. އެ ރަށް މޮނިޓަރިންއަށް ލާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ.

ކޭސްތައް އިތުރުވުމާއި ބަލީގެ ހާލަތު އިތުރުވެ ބޮޑެތި ރަށްރަށުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ދަނީ ވަރުގަދަ ކުރަމުންނެވެ. ރާއްޖޭގައި މިހާރު ކޮންމެ ދުވަހަކުވެސް 2000އަށް ބުރެ ގިނަ މީހުން ޕޮޒިޓިވްވަމުން އަންނައިރު ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އަތޮޅުތަކުން އެކަނިވެސް 780އަށް ވުރެ ގިނަ މީހުން ވަނީ ޕޮޒިޓިވްވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *