ކަންކަން އިޞްލާހުކުރަން އައި ސަރުކާރަށް ތަފާތު ދެއްކިފައެއް ނެތް: ޙަންނާން

ކަންކަން އިޞްލާހުކުރަން އައި ސަރުކާރަށް ތަފާތު ދެއްކިފައެއް ނެތް: ޙަންނާން

Author
މުޙައްމަދު ޖިމީ
26 ޖެނުއަރީ 2022 11:06
0

ކަންކަން އިޞްލާހުކުރާނެކަމަށް ބުނެ އައި ސަރުކާރަށް ތަފާތު ދެއްކިފައި ނެތްކަމަށް އެމްއެންޕީން ކޮމަންޑޫ ދާއިރާއަށް ވާދަކުރައްވާ ޢަބްދުލްހަންނާން އިދުރީސް ވިދާޅުވެއްޖެއެވެ.

ރޭ ދައުލަތުގެ މީޑިއާއިން ގެނެސްދިން ކޮމަންޑޫ ދާއިރާގެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން ސިޔާސީ ދާއިރާއަށް މުޅިން އަލަށް ވަދެވަޑައިގެންނެވި ހަންނާން ވިދާޅުވީ އޭނާ އިންތިހާބަށް ކުރިމަތިލއްވި އެ ދާއިރާ ރައްޔިތުންގެ ހާލަތު ދެނެގަންނަން ހުރިހާ ގެޔަކަށް ޒިޔާރަތްކުރުމަށް ފަހުކަމަށެވެ. ހަންނާން ވިދާޅުވީ، އޭނަ ހޮވަންޖެހޭ ސަބަބަކީ އެ ދާއިރާގެ ތަރައްގީއަށް ސަރުކާރުން ކުރާ ކަންކަމުގެ ދުވެލި ބާރުކުރުމަށެވެ. އަދި ސަރުކާރު ޖަވާބުދާރީ ކުރުވައި ސިޔާސީ ތަޖުރިބާ ނެތް ނަމަވެސް އެ ޤާބިލްކަން ހުންނާނެކަމަށް ހަންނާން ވިދާޅުވިއެވެ.

ހަންނާން ވިދާޅުވީ ކޮރަޕްޝަނަކީ ޒަމާނުއްސުރެ ހައްލެއް ލިބިފައިނުވާ ބޮޑު މައްސަލައެއް ކަމަށާއި، ވޭތުވެދިޔަ ސަރުކާރުގައި ވަރަށް ބޮޑެތި ކޮރަޕްޝަން ހިންގާފައިވާ ވާހަކަ އަޑު އިވިފައިވާކަމަށެވެ. އަދި މިމި ސަރުކާރު އައީ އެކަންކަމަށް ހައްލު ގެނައުމަށް ވައުދުވެގެން ކަންކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް މި ސަރުކާރަށްވެސް ތަފާތެއް ދެއްކިފައިނުވާކަމށް ވިދާޅުވެ ހަންނާން ވަނީ އެމްއެންޕީއަށް ދާއިރާގެ ރައްޔިތުން ދެން ވޯޓު ދެއްވުމަށް ގޮވާލައްވާފައެވެ.
އޭސީސީގެ މެންބަރުން ނެތި ހުސްކަމެއްގައި އޮތްކަން ފާހަގަކުރައްވާ ހަންނާން ވަނީ އޭނާ އިންތިހާބުވެއްޖެނަމަ މަޖިލިހުގައި ގާނޫނުތަކަށް އިސްލާހު ހުށަހަޅައިގެން އޭސީސީގެ މެންބަރުންނަށް ފުރިހަމަ އިހްތިޔާރާއި ބާރުލިބޭގޮތަށް ގާނޫނު ހެދުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފައެވެ.

ހަންނާން ވިދާޅުވީ ވަޒީފާ އާއި އާމްދަނީ އިތުރުކުރެވޭނެ ގޮތެއް ނެތުމަކީވެސް އެދާއިރާގެ ބޮޑު މައްސަލައެއްކަމަށެވެ. އެހެންކަމުން ހައްނާނު ވަނީ ރިސޯޓުތަކާއި އެއާޕޯޓު ހަދަން ސަރުކާރު ޖަވާބުދާރީ ކުރުވާން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި މަތީ ތައުލީމުގެ ފުރުސަތުތައް ފަހިކޮށްދިނުމަށްވެސް ގަދައަޅާ މަސައްކަތް ކުރާނެކަމަށާއި، ރައްޔިތުންނަށް ފުދުންތެރި ދިރިއުޅުމެއް ހޯދައި ދޭނެކަމަށް ވިދާޅުވިއެވެ.

ހަންނާނަކީ 30 އަހަރަށްވުރެ ގިނަ ދުވަހު ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރައްވާފައިވާ ޢިލްމީ ބޭފުޅެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.