ރާއްޖެއިން ކޯވިޑަށް ފަރުވާދޭ މީހުންގެ ތެރެއިން ހޮސްޕިޓަލުގައި އެޑުމިޓްކޮށްގެން ފަރުވާ ދޭމީހުންގެ އަދަދު 50 އިން މައްޗަށް އަރައިފިއެވެ.
އެޗްޕީއޭއިން މިރޭ އާންމުކުިރ ތަފާސް ހިސާބުތަކުން 52 މީހަށް އަންނަނީ ހޮސްޕިޓަލުގައި އެޑްމިޑްކޮށްގެން ފަރުވާ ދެމުންނެވެ. މިއީ މިފަހުން އެންމެ ގިނަ އަދަދަކަށް އެޑްމިޓްކޮށްގެން ފަރުވާދޭންފެށި ފަހަރެވެ.
މީގެ ދެދުވަސްކުރިން އެޗްޕީއޭއިން އާންމުކުރި ތަފާސް ހިސާބުތަކުން އެޑްމިޓްކުރި މީހުންގެ ތެރެއިން 7 މީހަކަށް ދަނީ އައިސީޔޫގައެވެ. ނަމަވެސް މިހާރު އައިސީޔޫގައި ފަރުވާ ދެމުންދާ ސީދާ އަދަދެއް ސާފެއް ނުވެއެވެ. ރާއްޖެއިން މިވަގުތުވެސް ބައްޔަށް ފަރުވާ ހޯދަމުންދާ 15،721 މީހުން އެބަތިއްބެވެ.
މިއަދުގެ އިރު އޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކާ ހަވަލާދީ އެޗްޕީއޭއިން މިރޭ ބުނި ގޮތުގައި ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 1،420 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. މިއަދު ޕޮޒިޓިވް މީހުންގެ ތެރެއިން 761 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ތެރެއިންނެވެ.
ރިސޯޓްތަކުން 94 މީހަކު ޕޮޒިޓިވްވެފައި ވެއެެވެ. ޓެސްޓްކޮށްފައިވަނީ 7،681 ސާމްޕަލް އެވެ. މާލެ ސަރަހައްދުން ޓެސްޓް ކޮށްފައިވަނީ 4،273 ސާމްޕަލެވެ. މާލެ ސަރަހައްދުގެ ޕޮޒިޓިވް ރޭޓް މިހާރު ހުރީ 33 ޕަސެންޓް ގައެވެ.