ލިވަޕޫލް މޮޅުވިއިރު، ބާންލީ އަތުން އާސެނަލް އެއްވަރުވެއްޖެ

ލިވަޕޫލް މޮޅުވިއިރު، ބާންލީ އަތުން އާސެނަލް އެއްވަރުވެއްޖެ

Author
ޔޫސުފް
23 ޖެނުއަރީ 2022 09:17
0

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލުން ކްރިސްޓަލް ޕެލެސް ބަލިކުރިއިރު، ބާންލީ އަތުން އާސެނަލް އެއްވަރުވެއްޖެއެވެ.

ލީގުގައި މިރޭ ޕެލެސްގައި ދަނޑުގައި ކުޅުނު މެޗު ލިވަޕޫލުން ކާމިޔާބުކުރީ 1-3 ގެ ނަތީޖާއަކުންނެވެ. އަދި އާސެނަލް އާއި ބާންލީ ވާދަކުރި މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި 0-0 އަކުންނެވެ.

ކްރިސްޓަލް ޕެލެސް އާއި ލިވަޕޫލް ބައްދަލުކުރި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ލިވަޕޫލުންނެވެ. އެގޮތުން މެޗުގެ 9 ވަނަ މިނެޓުގައި ލިވަޕޫލަށް ލީޑު ނަގައިދިން ލަނޑު ކާމިޔާބުކޮށްދިނީ، ޑިފެންޑަރ ވެން ޑައިކްއެވެ. ލިވަޕޫލަށް ލީޑު ފުޅާކޮށްދިން ލަނޑު މެޗުގެ 32 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ، ޗެމްބަލައިންއެވެ. މެޗުގެ ފުރަތަމަ ހާފް ނިމުނީ 0-2 އިން ލިވަޕޫލް ކުރީގައި އޮވެގެންނެވެ.

މި މެޗުގައި ކްރިސްޓަލް ޕެލެސް އިން ޖެހި ހަމައެކަނި ލަނޑު 55 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ، އެޑޮއާޑްއެވެ. އަދި ލިވަޕޫލްގެ ތިންވަނަ ލަނޑު 89 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އެޓީމަށް ކާމިޔާބުކޮށްދިނީ، ފަބީނިއޯއެވެ.

މި ނަތިޖާއާއެކު ލީގުގައި މިހާތަނަށް ކުޅުނު 22 މެޗުން ލިބުނު 48 ޕޮއިންޓާއެކު ލިވަޕޫލް އޮތީ ދެވަނައިގައެވެ. އެއްވަނައިގައި ސިޓީ އޮތީ 23 މެޗުން ލިބުނު 57 ޕޮއިންޓާއެކުއެވެ. ލީގުގެ ތިންވަނައިގައި 23 މެޗުން ލިބުނު 44 ޕޮއިންޓާއެކު އޮތީ ޗެލްސީއެވެ. އަދި ހަތަރު ވަނައިގައި 38 ޕޮއިންޓާއެކު އޮތީ މެންޗެސްޓަރ ޔުނައިޓެޑްއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.