ވަގުތުން ނަތީޖާ ލިބޭ ކޯވިޑް ޓެސްޓް ރާއްޖޭގައި ހަދަން ފަށައިފި

ވަގުތުން ނަތީޖާ ލިބޭ ކޯވިޑް ޓެސްޓް ރާއްޖޭގައި ހަދަން ފަށައިފި

Author
މުޙައްމަދު ޝަޒައިމް
23 ޖެނުއަރީ 2022 08:59
0

ވަގުތުން ނަތީޖާ ލިބޭ ކޯވިޑް ޓެސްޓް ރާއްޖޭގައި ހަދަން ފަށައިފިއެވެ.

ރައީސް އޮފީހުން ބުނެފައިވައިވަނީ ވަގުތުން ނަތީޖާ ލިބޭ މި ޓެސްޓް ހެދޭނެ އިންތިޒާމު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެންގެވުމުގެ މަތިން ހަމަޖައްސައިދީފައި ވާނެ ކަމަށެވެ. މިވަގުތު މި ޓެސްޓް ހެދޭނެ އިންތިޒާމު ހަމަޖައްސާފައިވަނީ ހެންވޭރު ދަނޑާއި ސޯޝަލް ސެންޓަރާއި އަދި ހުޅުމާލެ ރުއްގަނޑު 1 ގައި ހުންނަ ކޯވިޑަށް ޓެސްޓުކުރާ ސެންޓަރުތަކުންނެވެ.

ވަގުތުން ނަތީޖާ ލިބޭ އެންޓިޖެން ޓެސްޓު ހަދަނީ، ސާމްޕަލް ނަގަން އަންނައިރު އެމީހެއްގެ ކިބައިން ބަލީގރެ ޢަލާމާތްތައް ފެންނަން ހުންނަ މީހުންގެ އެކަންޏެވެ. މިޓެސްޓަކީ 15 މިނެޓުން ނަތީޖާ ލިބޭ ޓެސްޓެކެވެ. ކުޑަ ޓެސްޓު ކިޓެއް ބޭނުންކޮށްގެން މި ޓެސްޓު ހަދަނީ، ކިޓްގައި އޮންނަ ކަފަބޫރަކުން ނޭފަތުން ނަގާ ސާމްޕަލުންނެވެ. ނުވަތަ ކެއްސާފައި ޖަހާ ކުޅުގެ ސާމްޕަލުންނެވެ. މި ޓެސްޓަކީ ސާމްޕަލް، ލެބަށް ފޮނުވަންނުޖެހި ތިބިތާ ތިބެގެން ބަގުތުން ހެދޭ ޓެސްޓެކެވެ.

މި ޓެސްޓު ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުގައި އަންނަނީ ހަދަމުންނެވެ. ރާއްޖޭގައި މި ޓެސްޓު މާލެ ސަރަޙައްދުގައި ހަދަން ފަށާފައިވާއިރު، އަތޮޅުތަކުގެ ރަށްރަށުގައިވެސް ހަދަމުން އަންނަކަމަށް އެޗްޕީއޭއިން މަޢުލޫމާތު ދެއްވައެވެ. ޚާއްސަކޮށް ބޮޑަށް ބަލި ފެތުރެމުންދާ ރަށްތަކުގައި މިޓެސްޓު ކިޓް ބޭނުންކުރަމުންދާކަމަށް އެޗްޕީއޭއިންވަނީ މަޢުލޫމާތު ދީފައެވެ.

ރެޕިޑް ޓެސްޓު ކިޓް ބޭނުންކޮށްގެން ޓެސްޓު ހަދަނީ ބޮޑަށް އަލާމާތްތައް ހުންނަ މީހުންގެއެވެ. އެއީ މުޖުތަމަޢުގައި ބަލި ފެތުރޭ މިންވަރު ވީހާވެސް ކުޑަކުރުމަށް އަޅާފައިވާ ފިޔަވަޅެކެވެ. ރާއްޖޭގައި އާއްމުކޮށް ޓެސްޓު ކުރަމުން އައިސްފައިވަނީ ޕޮލިމަރަސް ޗެއިން ރިއެކްޝަން ޕީސީއާރް ޓެސްޓެވެ. މި ޓެސްޓު ހެދޭ މެޝިންތައް ރާއްޖޭގައި މަދުވުމާއެކު، ގިނައިން ސާމްޕަލް ޓެސްޓުކުރުމުގައި ދަތިތައް ކުރިމަތިވަމުންދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ހ ހުސެއިން
މުޅިން ދޮގު ސަރުކާރުން ހަދަނީ ބާރަ ގަޑި އިރު ވީ އިިރުވެސް ނަތީޖާ ނުލިބޭ