މޫދަށް އެރިއުޅުނު ފަތުރުވެރިޔަކު މަރުވެއްޖެ

މޫދަށް އެރިއުޅުނު ފަތުރުވެރިޔަކު މަރުވެއްޖެ

Author
މުޙައްމަދު ޝަޒައިމް
22 ޖެނުއަރީ 2022 09:05
0

ސަފާރީ އައިލޭންޑް ރިސޯޓުގެ މޫދަށް އެރި އުޅުނު ފަތުރުވެފިޔަ މަރުވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މަރުވެފައިވަނީ އުމުރުން 61 އަހަރުގެ އަންހެން ފަތުރުވެރިއެއް ކަމަށެވެ. މިމީހާ މަރުވެފައިވަނީ މިއަދު ހަވީރު މޫދަށް އެރިއުޅެނިކޮށްކަމަށެވެ. ނަމަވެސް މަރުވެފައިވަނީ ގެނބިގެންކަމެއް ނުވަނަ އެހެން ހާދިސާއެއްގެ ސަބަބުންކަމެއް އަދި ސާފެއް ނުވެއެވެ.

މިހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހަވީރު 16:39ގައި ކަމަށާއި، ފުލުހުން އެމީހާ މިހާރު މަހިބަދޫ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށެވެ.

މިމީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ މަރުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.