އޭޑީކޭގައި އެޑުމަތިކޮށްފައިވާ ބަލިމީހުންނަށް ޒިޔާރަތްކުރުން މެދުކަނޑާލައިފި

އޭޑީކޭގައި އެޑުމަތިކޮށްފައިވާ ބަލިމީހުންނަށް ޒިޔާރަތްކުރުން މެދުކަނޑާލައިފި

Author
މުޙައްމަދު ޝަޒައިމް
21 ޖެނުއަރީ 2022 08:13
0

ކޯވިޑް19 އާއި ގުޅިގެން، އެނދުމަތިކޮށްފައި ތިބޭ ބަލިމީހުންނަށް ޒިޔާރަތް ކުރުން މެދުކަނޑާލައިފިއެވެ.

އެހޮސްޕިޓަލުން ބުނެފައިވަނީ ކޯވިޑް19 އަނެއްކާވެސް ހަލުއިކަމާއެކު ފެތުރެމުން ދާތީ، ޢާންމުންގެ ރައްކާތެރިކަމަށާއި އަދި ޞިއްޙީ ޚިދުމަތްދޭ ފަރާތްތަކުގެ ރައްކަލަށް ޓަކައި، ބަލިމަޑުކަން ފެތުރެމުންދާ ނިސްބަތަށް ބަލާ ތަފާތު ފިޔަވަޅުތައް ބަދަލު ގެންނަމުންދާކަމަށެވެ. އެގޮތުން، ކޯވިޑް19 ގެ ޙަލާތު ގޯސްވުމާ ގުޅިގެން މާދަމައިން ފެށިގެން އޭޑިކޭގައި އެނދުމަތިކޮށްގެން ފަރުވާދޭ މީހުން ކައިރިޔަށް ޒިޔާރަތްކުރުން ހުއްޓާލާނެ ކަމަށް އޭޑީކޭއިން ވަނީ ބުނެފައެވެ.

އެނދުމަތިކޮށްގެން ފަރުވާދޭ މީހުންގެ އެހީތެރިއެއްގެ ގޮތުގައި މަޑުކުރެވޭނީ އެންމެ މީހަކަށް ކަމުގައި އޭޑީކޭއިން ވަނީ ބުނެފައެވެ. އަދި އެމީހަކީ ކޯވިޑް19 ގެ ޢަލާމާތެއް ނެތް މީހަކަށްވާންވާންޖެހޭނެ ކަމަށެވެ.

އޭޑީކޭއިން ވަނީ ކޮންމެހެން ވަޑައިގަންނަވަން ޖެހިއްޖެ ޙާލަތެއްގައި ނޫނީ ހޮސްޕިޓަލަށް ވަޑައިނުގަތުމާ، ހޮސްޕިޓަލަށް ވަޑައިގަންވަން ޖެހިއްޖެ ޙާލަތެއްގައިވެސް އެކަނި ވަޑައިގަތުން، ނުވަތަ އެހީތެރިޔެއްގެ ގޮތުގައި އެކަކަށްވުރެ ގިނަމީހުން ނުގެންނެވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

އަދި ޚިދުމަތް ހޯއްދަވަން ވަޑައިގަންނަވާ ހާލަތްތަކުގައި ރަނގަޅުގޮތުގައި މާސްކު އަޅުއްވާ، ހޮސްޕިޓަލުގެ އެކި ސަރަޙައްދު ތަކުގައި ބަހައްޓާފައިވާ ހޭންޑް ސެނިޓައިޒަރ ކުރެއްވުމަށްވެސް ވަނީ އިލްތިމާސް ކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.