ރާއްޖޭގައި މިހާރު ކޭސްތައް ޕޮޒިޓިވްވާ ނިސްބަތުން ޕީކަށް އަރައިގެންދާއިރު ދުވާލެއްގެ މައްޗަށް 6000އާއި 9000އާއި ދެމެދުގެ ޢަދަދަކަށް މީހުން މީހުން ޕޮޒިޓިބވްވެދާނެކަމަށް އެޗްޕީއޭގެ އެޕިޑޮމޮލިޖިސްޓް ޑރ.އިބްރާހީމް އަފްޒަލް ވިދާޅުވެއްޖެއެވެ.
ރޭ ރާއްޖެ ޓީވީގައި ވާހަކަފުޅު ދައްކަވަމުން ޑރ.އަފްޒަލް ވިދާޅުވީ، ކޯވިޑް މިހާރު ރާއްޖޭޣައި ފެތުރެމުން އަންނަނީ ވަރަށް ހަލުވިމިނެއްގައިކަމަށާއި، އަންދާޒާއަށް ބަލާއިރު ވަރަށް ބޮޑު ޕީކަކަށް ގޮސްދާނެކަމަށެވެ. އެގޮތުން ދުވާލަކު ޕޮޒިޓިވްވާ މީހުންގެ ޢަދަދު 9000އާއި ގާތްކޮށްފާނެކަމަށްވެސް ޑރ.އަފްޒަލް ވިދާޅުވިއެވެ.
އަފްޒަލް ވިދާޅުވީ ބަލި ކޮންޓްރޯލް ކުރުމަށް މިހާރު މަސައްކަތްކުރަން ޖެހޭކަމަށާއި، ޕީކަށް ގޮސްފިނަމަ ކޮންޓްރޯލް ކުރަން ވަރަށް އުނދަގޫވާނެކަމަށެވެ.
މިފަހަރުގެ ޕީކްގެ ނުރައްކާ ބޮޑުވެފައިވަނީ ހަލުވިކަމާއެކު ފެތުރެން ފަށާފައިވާ އޮމިކްރޯން ވޭރިއަންޓްގެ ސަބަބުންނެވެ. މިވޭރިއަންޓްގެ އަސަރު އެހެނިހެން ވޭރިއަންޓް ތަކަށްވުރެ ކުޑަ ނަމަވެސް، ވައިރަސް ފެތުރޭ މިންވަރު އެތަށް ގުނައެއް ބާރެވެ. މި ވޭރިއަންޓް މާލޭގެ އިތުރުން އަތޮޅުތަކުގެ ރަށްތަކުންވެސްވަނީ ފެނިފައެވެ.
ޑރ.އަފްޒަލް ވިދާޅުވީ އޮމިކްރޯން ވޭރިއަންޓްގައި، ބަލީގައި ބޮޑުވަރުވެ އެޑްމިޓްކުރަންޖެހޭ ޙާލަތަށް ދާ މީހުން މަދުކަމަށެވެ. ނަމަވެސް ނިސްބަތުން އެހާ ގިނަ ބަޔަކު އެއްފަހަރާ ބައްޔަށް ޕޮޒިޓިވްވެއްޖެނަމަ، ހޮސްޕިޓަލްތަކަށްވެސް ބާރު ބޮޑުވެގެން ހިނގައިދާނެކަމަށެވެ.
ކޯވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި، އަތޮޅުތަކަށް ދަތުރުކާ މީހުން ކޯވިޑް ޓެސްޓުކުރުންވަނީ މަޖުބޫރުކޮށްފައެވެ. އަދި މާލޭ ސަރަޙައްދުގައި އެންމެ ގިނައިން އެއްވެ އުޅެވޭނެ މީހުންގެ އަދަދު 50އަށް ކަނޑައެޅުމާއި މަގުމަތީ ބާޒާރާއި މީހުންނަށް ކުޅިބަލަން ވަދެވޭގޮތަށް ކުޅިވަރު ހަރަކާތްތައް ބޭއްވުންވަނީ މަނާކޮށްފައެވެ.
One Response
މި އުޅޭ ކޮމަންޑޫގެ ކަންތަކާހެފި…..