މޫނު އަޅައިގެން ސްކޫލްތަކުގައި ކިޔަވައިދިނުމާއި އެމްޑީޕީން ދެކޮޅު

މޫނު އަޅައިގެން ސްކޫލްތަކުގައި ކިޔަވައިދިނުމާއި އެމްޑީޕީން ދެކޮޅު

Author
މުޙައްމަދު ޖިމީ
20 ޖެނުއަރީ 2022 03:14
0

މޫނު ބުރުގާ އަޅައިގެން ސްކޫލްތަކުގައި ކިޔަވައިދިނުމާއި ދެކޮޅުކަން ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީން ހާމަކޮށްފިއެވެ.

އެމްޑީޕީން މިހެން ބުނެފައިމިވަނީ މޫނު ބުރުގާ އަޅާ ޓީޗަރުންނަށް ހުރަސް ނޭޅުއްވުމަށް ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އަދާލު ޕާޓީން އެޑިއުކޭޝަން މިނިސްޓްރީގައި އެދުމުންނެވެ. އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބައެއް ސްކޫލުތަކުގައި ހަރަކާތްތެރިވާ މޫނު ބުރުގާ އެޅި ޓީޗަރުންނަށް ބުރުގާ ނެގުމަށް އަންގާފައެވެ.

މިކަމާއި ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނެއްގައި ވަނީ، ދިވެހި މުޖުތަމަޢުގައި މައިންބަފައިންނާއި ބެލެނިވެރިންނާއި އަދި ދަރިވަރުންގެ ގިނަ ބަޔަކީ، އެ ދަރިވަރުންނަށް ސްކޫލު މަދަރުސާތަކުގައި އުނގަންނައިދެއްވުމަށް މުދައްރިސުން ކުރިމަތިލައްވާއިރު އެ މުދައްރިސުން މޫނު ބުރުގާއިން މޫނު ނުފޮރުއްވައި ނުވަތަ އެއީ ކޮންބޭފުޅުންނެއްކަން ދަރިވަރުންނަށް ރަނގަޅަށް ސާފުވާގޮތަށް ތިއްބެވުމަށް ބޭނުންވާ ބައެއްކަމަށެވެ.

އަދި ޒަމާނުއްސުރެ ދިވެހީންގެ ތެރޭގައި މިގޮތަށް އާދަކާދަ އޮވެ، މުދައްރިސުންނާއި ސްކޫލު މަދަރުސާތަކުން މި މިންގަނޑު ވަރަށް ރަނގަޅަށް ނަގަހައްޓަވަމުން ގެންގޮސްފައިވާކަމަށް އެމްޑީޕީން ބުނެފައިވެއެވެ. ސްކޫލު މަދަރުސާތަކަކީ ދަރިވަރުންގެ މަސްލަޙަތު ނަގަހައްޓަންޖެހޭ އަދި ދަރިވަރުންނަށް ރައްކާތެރިކަން ވެސް އޮންނަންޖެހޭ ވަކި ޚާއްޞަ ތަންތަންކަމަށް ވާއިރު، ކިޔަވާދެއްވުމަށް ދަރިވަރުންނާ ބައްދަލުކުރައްވާއިރު މުދައްރިސުންގެ އައިޑެންޓިޓީ ޔަޤީންވާންޖެހޭނެކަމަށް އެޕާޓިން ދެކޭކަމަށް އެމްޑީޕީން ބުންޏެވެ.

މި މައްސަލާގައި އެ މޭރުމުން ވާހަކައެއް ދައްކާ މީހަކީ ވެސް ދީނުން ބޭރުވެފައިވާ އަދި ލޭ ހުއްދަވެގެންވާ މީހެއްކަމަށް ސިފަކުރާކުރުމާ މެދު އެ ޕާރޓީން އިންތިހާއަށް ކަންބޮޑުވާކަމަށްވެސް އެމްޑީޕީގެ ބަޔާނުގައިވެއެވެ.

އަދި މީގެކުރިން ވެސް އެފަދައިން ސިފަކޮށް މީހުންގެ ހަށިފުރާނަ ނައްތާލައި ގެއްލުންދީފައިވާކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ. އެހެންކަމުން، އެފަދަ ކުށްތަކުގެ މައްސަލަތައް ބެއްލެވުމުގައި އިތުރަށް ސަމާލުވުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް މި ޕާރޓީން ގޮވާލާގޮވާލުން ތަކުރާރުކުރަމެވެ.

– އެމްޑީޕީން ބުންޏެވެ.

އަދާލަތު ޕާޓީން އެޑިއުކޭޝަން މިނިސްޓްރީއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ތުނބުޅި ބެހެއްޓުމާއި މޫނު ބުރުގާ އެޅުން ފަދަ ކަންކަމާ ގުޅޭގޮތުން ކުރާ ތަފާތު ކުރުންތައް ނައްތާލުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެއް ކަން ފާހަގަކޮށް، އެ ސިޓީގައިވަނީ މޫނު ބުރުގާ އަޅާ ޓީޗަރުންނަށް ސްކޫލްތަކުގައި މަސައްކަތް ކުރަން ހުރަސް އެޅޭ ގޮތަށް އެޑިއުކޭޝަން މިނިސްޓްރީން ގެންގުޅޭ ސިޔާސަތު މުރާޖަކޮށްދޭން އެދޭ ކަމަށެވެ. އަދި އެކަމުގައި އެޑިއުކޭޝަން މިނިސްޓްރީން ނިންމާ ގޮތެއް އެ ޕާޓީއަށް އަންގަން އެދޭ ކަމަށް ވެސް އެ ސިޓީގައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ހ ހެޔޮއެދޭފަރާތެއް
ތެދު ވާހަކައެއް މޫނުބުރުގާއަޅާޓީޗަރުން ކުދިންނައް ވަކިމީހުންއިގޭގޮތައް ކިޔަވައިދިނުން ރަގަޅުވާހަކައެއް ކަމެއްދަމެއްއެޓީޗަރުންގފަރާތެނ ކުއްޖަކައް ދިމާވިޔަސް ކިހިނެއް ވަކިމީހާ ފާހަގަކުރެވޭނީކިހިނެއްތޯ އަޅުގަނޑު ހަމަތާއީދު ތިކަމައ މރުހަބާާ
މ މުހައްމަދު އަޙްމަދު
ޅާދީނީ ކިޔަނީ ތިހެންވެގެން އެމްޑީޕިއަންސް އަށް.