ފާއިތުވި 24 ގަޑިއިރު ރާއްޖެއަށް އެންމެ ބޯކޮށް ވާރޭ ވެހުނީ ފުވައްމުލައް ސިޓީއަށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.
މެޓް އޮފީހުން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ފުވައްމުލަކަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 46.5 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފައެވެ. އެއަށްފަހު އެންމެ ބޯކޮށް ވާރޭވެހުނު ރަށްތަކުގެ ތެރޭގައި ހުޅުމީދޫއަށް 16.6 މިލިމީޓަރު، ބ. ގޮއިދޫއަށް 12.9 މިލިމީޓަރު، އއ. ތޮއްޑޫއަށް 11.1 މިލިމީޓަރު އަދި ރ. އިފުރަށް 11.0 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް މެޓް އޮފީހުން ބުނެއެވެ.
ކުރިއަށް އޮތް ދުވަސްތަކަކީ ވެސް ރާއްޖެއަށް ވިއްސާރަ ދުވަސްތަކެއް ކަމަށް ލަފާކުރެވޭ ކަމަށާއި، މިއަދު ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް އުދަ އަރާނެ ކަމަށް ލަފާކުރެވޭތީ މުޅި ރާއްޖެއަށް މެޓް އޮފީހުން މިހާރު ވަނީ ހުދު ސަމާލު ނެރެފައެވެ. މީގެ ސަބަބުން ކަނޑުދަތުރުފަތުރު ކުރައްވާ ފަރާތްތަކާއި ރަށްރަށުގެ އައްސޭރި ފަށުގައި ދިރިއުޅޭ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
ކޮމެންޓު ފޮނުވާ