މަޑިވަރު އެއަރޕޯޓް ހިންގުން އައިލެންޑް އޭވިއޭޝަނާއި ހަވާލުކޮށްފި

މަޑިވަރު އެއަރޕޯޓް ހިންގުން އައިލެންޑް އޭވިއޭޝަނާއި ހަވާލުކޮށްފި

Author
މުޙައްމަދު ޝަޒައިމް
17 ޖެނުއަރީ 2022 10:21
0

ފާދިއްޕޮޅު މަޑިވަރުގައި ކުރެއްދޫ ހޯލްޑިންގގެ ފަރާތުން ތަރައްޤީ ކޮށްފައިވާ މަޑިވަރު އެއަރޕޯޓް ހިންގުމަށް ޤައުމީ އެއަރލައިން ހިންގާ އައިލެންޑް އޭވިއޭޝަން ސާރވިސަސް ލިމިޓެޑާއި ހަވާލުކޮށްފިއެވެ.

އައިލެންޑް އޭވިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މަޑިވަރު އެއަރޕޯޓް ހިންގާ ބެލެހެއްޓުމަށް އައިލެންޑް އޭވިއޭޝަން ސާރވިސަސް ލިމިޓެޑް އާއި ކުރެއްދޫ ހޯލްޑިންގ ލިމިޓެޑާއި ދެމެދު އެއްބަސްވުމުގައި މިއަދު ސޮއިކޮށްފައިވާކަމަށެވެ.

މި އެއްބަސްވުމުގައި ސޮއިކުރެވުމާއެކު، މަޑިވަރު އެއްރޕޯޓް ރަސްމީކޮށް ހުޅުވުމަށް ކުރަންޖެހޭ އެންމެ ފަހުގެ މަސައްކަތްތައް ކުރެއްދޫ ހޯލްޑިންގ ލިމިޓެޑާއި ގުޅިގެން ފަށައިވާކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެފައިވެއެވެ. އަދި އެއާރޕޯޓް ހުޅުވުމަށް ކުރަންޖެހޭ މަސައްކަތްތައް ނިމުމާއެކު މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް ފެބުރުވަރީމަހު މަޑިވަރު އެއާރޕޯޓަށް ފެށުމަށް ނިންމާފައިވާކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެފައިވެއެވެ.

މަޑިވަރު އެއަރޕޯޓަށް ޝެޑިއުލް ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާއިރު މަޑިވަރުގައިއެއަރޕޯޓަށް މިދިޔަމަހުގެ 25 ވަނަ ދުވަހު ވަނީ ފުރަތަމަ ޓެސްޓް ފްލައިޓް ޖައްސާފައެވެ. އެ އެއަރޕޯޓަށް އެންމެ ފުރަތަމަ ޖައްސާފައިވަނީ ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ފްލައިޓެކެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.