އަންހެނުންގެ ހައްގުތަކަށް ގޮވާލާ ކުރި މުޒާހިރާ ތާލިބާން ސަރުކާރުން ކަރުނަ ގޭސް ބޭނުން ކޮށްގެން ރޫޅާލައިފި

އަންހެނުންގެ ހައްގުތަކަށް ގޮވާލާ ކުރި މުޒާހިރާ ތާލިބާން ސަރުކާރުން ކަރުނަ ގޭސް ބޭނުން ކޮށްގެން ރޫޅާލައިފި

Author
ހުސެއިން
17 ޖެނުއަރީ 2022 07:37
0

އަފްއާނިސްތާންގެ ވެރިރަށް ކާބުލްގައި އަންހެނުންގެ ގުރޫޕަކުން އިސްނަގައިގެން، އަންހެނުން މަސައްކަތު ނުކުތުމަށާއި އަދި ތައުލީމު ހާސިލްކުރުމުގެ ފުރުސަތު ދިނުމަށް ގޮވާލާ ކުރި މުޒާހިރާ ކަރުނަގޭސް ބޭނުން ކޮށްގެން ތާލިބާން ޖަމާއަތުން ރޫޅާލައިފިއެވެ.

ފާއިތުވެދިޔަ އަހަރުގެ އޮގަސްޓުމަހު ތާލިބާން ޖަމާއަތުން އަފްއާނިސްތާން އެޖަމާއަތުގެ ބާރުގެދަށަށް ގެނައިފަހުން ތާލިބާން ސަރުކާރުންވަނީ އަންހެނުން އެގައުމުގައި މަސައްކަތު ނިކުތުމުގެ އިތުރުން ތައުލީމު ހާސިލްކުރުންވެސް މަނާ ކޮށްފައެވެ.

މި ހަފްތާގެ އާދީއްތަ ދުވަހު ވެރިރަށް ކާބުލްގައި އޮތް މި މުޒާހިރާގައި 20 ވަރަށް އަންހެނުންވަނީ ކާބުލް ޔުނިވަރސިޓީގެ ކުރިމައްޗަށް އެއްވެ، ހަމަހަމަ ކަމާއި އިންސާފު ލިބި ދިނުމަށް ގޮވާލާ ޝުޢޫރު ފާޅު ކޮށްފައެވެ. އަދި މި މުޒާހިރާގެ ބައިވެރިން "އަންހެނުން ހައްގަކީ އިންސާނީ ހައްގެއް" މި ޝިއާރު ލިޔެފައިވާ ބެނާތައްވެސް ބޭނުން ކޮށްފައި ކަމުގައި އޭއެފްޕީން ރިޕޯޓު ކޮށްފައި ވެއެވެ.

މިމުޒާހިރާގައި ބައިވެރިވި ފަރާތްތަކުން އޭއެފްޕީއަށް މައުލުމާތު ދީފައިވާ ގޮތުގައި މި ސަރަހައްދަށް ގިނަ އަދަދެއްގެ އުޅަނދުތަކުގައި އައިސް އައި ތާލިބާން ހަގުރާމަވެރިން ވަނީ މިއެއްވުން ރޫޅާފައެވެ.

"އަހަރެމެން ކާބުލް ޔުނިވަރސިޓީ ކައިރީގައި ތިއްބާ ތިން އުޅަނދެއްގައި ހަގުރާމަވެރިން އައިސް، އޭގެތެރެއިން އެއް އުޅަނދެއްގައި އައި ހަގުރާމަވެރިން ވަނީ ކަރުން ގޭސްވެސް ބޭނުން ކޮށްފައި،" މުޒާހިރާގެ ބައިވެރިޔަކު އޭއެފްޕީއަށް މައުލުމާތު ދެމުން ބުނެފައި ވެއެވެ.

"އަހަރެންގެ ކަނާތު ލޯ ކަރަން ފެށުމުން އަހަރެން ބުނިން، 'ކަލެއަށް ހަލާކު ހުރި’، އެހައިތަނުން އޭނާވަނީ އަހަރެއްނާއި ދިމާލަށް ބަޑި އަމާޒު ކޮށްފައި."

މުޒާހިރާގެ ބައިވެރިން ބުނެފައިވާ ގޮތުގައި އެކަކު ކަރުނަގޭހުގެ އަސަރުކޮށް ހޮސްޕިޓަލުގައި އެޑްމިޓް ކުރަންވެސް ޖެހުނެވެ.

އޭއެފްޕީގެ ނޫސްވެރިން ރިޕޯޓު ކޮށްފައިވާ ގޮތުހައި، މުޒާހިރާ ކުރަމުންދިޔަ މަންޒަރު ވީޑިއޯކުރަމުން ދިޔަ މީހެއްގެ ފޯނު ތާލިބާން ހަގުރާމަވެރިން އަތުލައިގަތް މަންޒަރު ނޫސްވެރިންނަށް ވަނީ ފެނިފައެވެ.

ހަރުކަށި އުސޫލުތައް ގެންގުޅެމުން އަންނަ ތާލިބާން ޖަމާއަތުންވަނީ އަފްއާނިސްތާނުގައި މުޒާހިރާ ކުރުން މަނާކޮށްފައެވެ. އަދި އެ ޖަމާއަތުގެ ހަގުރާމަވެރިން ވަނީ، އަންހެނުންގެ ހައްގުތައް ކަށަވަރު ކުރުމަށް މިހާތަނަށް ބޭއްވުނު އެއްވުންތައް ބާރުގެ ބޭނުން ކޮށްގެން ރޫޅާލާފައެވެ.

ތާލިބާން ޖަމާއަތުން އަފްއާނިސްތާންގެ ވެރިކަމަށް އެބުރި އައިފަހުން އެ ޖަމާއަތުންވަނީ، ސަރުކާރުގެ ވަޒީފާތަކަށް އަންހެނުން ނިކުތުން މަނާ ކޮށްފައެވެ. އަދިން އަންހެކުންދިނަށް ތައުލީމުދާ ސެކަންޑަރީ ގިނަ ސްކޫލްތައް އަދިވެސް ބަންދު ކޮށްފައިވާއިރު، އަންހެން ކުދިން ކިޔަވާ ގިނަ ޔުނިވަރސިޓީތައް ވަނީ ބަންދު ކޮށްފައެވެ.

އަދި އޭގެ އިތުރުން އަފްއާނިސްތާން ސަރުކާރުންވަނީ މަޙުރަމަކާ ނުލާ އަންހެނުން ދިގު ދަތުރުތަކުގައި ދިއުންވެސް މަނާ ކޮށްފައެވެ. އަދި އަންހެން އެކްޓަރުން ޓީވީތަކުން ދެއްކުމާއިބެހޭ ޚާއްސަ ގައިޑްލައިނެއްވެސް ނެރެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.