އެސްޓަން ވިލާއިން ފަހަތުން އަރައި ޔުނައިޓެޑާ އެއްވަރުކޮށްފި

އެސްޓަން ވިލާއިން ފަހަތުން އަރައި ޔުނައިޓެޑާ އެއްވަރުކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓަރ ޔުނައިޓެޑުން 2 ލަނޑު ޖަހާފައިވަނިކޮށް ފަހަތުން އަރައި އެސްޓަން ވިލާ އިން އެއްވަރުކޮށްފިއެވެ.

އެސްޓަން ވިލާގެ ދަނޑުގައި ކުޅުނު މި މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން މާ ގިނައިރުތަކެއް ނުވަނީސް ޔުނައިޓެޑުން ވަނީ ލަނޑެއް ޖަހާ ލީޑު ނަގާފައެވެ. ޔުނައިޓެޑަށް ލިބުނު ހިލޭ ޖެހުމަކުން މެޗުގެ 6 ވަނަ މިނެޓުގައި މި ލަނޑު ކާމިޔާބުކޮށްދިނީ، މި މެޗުގައި ޔުނައިޓެެޑްގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ބްރޫނޯ ފެނާންޑޭޒްއެވެ. އޭނާ ފޮނުވާލި ބޯޅަ ގޯލަށް ވަނީ އެސްޓަން ވިލާގެ ކީޕަރ އެމިލިއާނޯ މާޓީނޭޒް އަތުން ބޯޅަ ހިފަން އުޅުުމުގެ ތެރޭގައެވެ. މި ލަނޑަށްފަހު ފުރަތަމަ ހާފުގައި އެސްޓަން ވިލާއިން ވަނީ ޔުނައިޓެޑްގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. ނަމަވެސް ކީޕަރ ޑޭވިޑް ޑެހެއާ ވަނީ ހުށިޔާރުކަމާއެކު މި ހަމަލާތައް ހުއްޓުވާފައެވެ.

މެޗުގައި ޔުނައިޓެޑުން ލީޑު ފުޅާކުރީ ދެވަނަ ހާފުގެ 67 ވަނަ މިނެޓުގައި ބްރޫނޯ ފެނާންޑޭޒް ކާމިޔާބުކޮށްދިން ލަނޑުންނެވެ. މެޗުގެ ދެވަނަ ހާފުގައި ޔުނައިޓެޑުން ލީޑު ފުޅާކުރި ނަމަވެެސް ފަހު ބައިގައި މެޗު ޑޮމިނޭޓްކޮށްގެން ކުޅުނީ އެސްޓަން ވިލާއިންނެވެ. އެގޮތުން އެޓީމުގެ ފުރަތަމަ ލަނޑު 77 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ، ރަމްސީއެވެ. މި މެޗުން އެސްޓަން ވިލާ ބަލިނުވެ ސަލާމަތްކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ކުޓީނިއޯއެވެ. މިއީ ބާސެލޯނާއިން އެސްޓަން ވިލާއަށް ލޯން އެއްބަސްވުމެއްގެ ދަށުން ބަދަލުވެ ކުޅުނު ފުރަތަމަ މެޗުވެސްމެއެވެެ.

މި ނަތީޖާއާއެކު ޔުނައިޓެޑް މިހާތަނަށް ކުޅުނު 20 މެޗުން ހޯދި 32 ޕޮއިންޓާއެކު އެ ޓީމު އޮތީ 7 ވަނައިގައެވެ. އެސްޓަން ވިލާ 20 މެޗުން ލިބުނު 23 ޕޮއިންޓާއެކު އޮތީ 13 ވަނައިގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *