ކޮމޭޑިއަން ކަޕިލް ޝަރުމާގެ ބަޔޮޕިކެއް

ކޮމޭޑިއަން ކަޕިލް ޝަރުމާގެ ބަޔޮޕިކެއް

Author
ފާތިމަތު ނާވީ
16 ޖެނުއަރީ 2022 01:19
0

އިންޑިއާގެ މަޝްހޫރު ކޮމޭޑިއަން ކަޕިލް ޝަރްމާގެ ބަޔޮޕިކެއް ހެދުމުގެ މަސައްކަތް ފަށައިފިއެވެ.

"ފަންކާރް"ގެ ނަމުގައި ހަދާ މި ފިލްމު ޑައިރެކްޓް ކުރާނީ މުރިގްދީޕް ސިންގް ލާމްބާ އެވެ.
ޕްރޮޑިއުސަރު މަހާވީރު ޖެއިން އާއި އިންޑިއާގެ އެންމެ ވަރުގަދަ އެއް ފިލްމު ކުންފުނި ކަމަށްވާ ލައިކާ ޕްރޮޑަކްޝަން ގުޅިގެން ހަދަން ނިންމާފައިވާ މި ފިލްމުގައި ކަޕިލްގެ ރޯލު ކުޅޭނެ އެކްޓަރެއް އަދި ހަމައެއް ނުޖެހެއެވެ.

އިންޑިއާގެ އެންމެ ކާމިޔާބު އެއް ކޮމޭޑިއަން ކަޕިލް މިހާރުވެސް އަންނަނީ "ދަ ކަޕިލް ޝަރުމާ ޝޯވ" ގެ ނަމުގައި ބެލުންތެރިން ހެއްވަމުންނެވެ.

 

View this post on Instagram

 

A post shared by Taran Adarsh (@taranadarsh)

ސޮނީ ޓީވީން ކުރިން ގެނެސްދިން "ކޮމެޑީ ސާކަސް" އިން އާންމުންގެ ސަމާލުކަން ހޯދި ކަޕިލް އަކީ ކުޑަދުވަސްކޮޅެއްގެ ގެ ތެރޭގައި ބޮޑު ކުރިއެރުމެއް ހޯދި ފަންނާނެކެވެ.

ދެ ކުދިންގެ ބައްޕަ ކަޕިލް، 42، އަކީ މިހާރު ޕްރޮޑިއުސަރެއް އަދި އެކްޓަރެއް ވެސް މެއެވެ. އޭނާ މިހާތަނަށް ދެ ފިލްމެއް ކުޅެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.