ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް އަތް ނުބާނައިފިނަމަ، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން "ސައްޕު" ޖަހާފައި ބާލާނެކަމުގެ އިންޒާރު އިދިކޮޅު ލީޑަރު، އަދި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ށ.ފުނަދޫއަށް އިންޑިއާ އައުޓް ހަރަކާތާއެކު ވަޑައިގެން ގިނަ ޢަދަދެއްގެ ބަޔަކާ މުޚާޠަބުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް އަތް ބާނާތަން ބަލަން ރައްޔިތުން ދެން ނުތިބޭނެކަމަށެވެ. އަދި އަތް ނުބައިނާފިއްޔާ "ސައްޕު" ޖަހާފައި އިންޑިއާ ސިފައިން ބާލާނެކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ މިސަރުކާރުން ރައްޔިތުންގެ ޝުޢޫރަށް އިހްތިރާމް ކުރަމުން ނުދާކަމަށެވެ. ރާއްޖެ މިހާރު މި އޮތް ހާލަތަށް ގޮސްފައިމިވަނީ ބަލިމަޑުކަމުގެ ސަބަބުން ނޫންކަމަށެވެ. މިއީ ސަރުކާރުން ޤައުމު ގެންދިޔަ ހާލަތުކަމަށާއި، މިސަރުކާރުން ބޭނުންވާ ކަންކަން ކުރަމުންދާކަމަށް ޔާމީން ވިދާޅުވިއެވެ. އެގޮތުން ދައުލަތުގެ މުއައްސަސާތައް ވައި ކޮށްފައިވާކަމަށާއި، އަތާ ފަޔާ ބާނައިގެން ބޮޑެތި އަދަދުތަކުން ފައިސާ ސަރުކާރާ ގާތް ކުންފުނިތަކަށް ދޭކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، އަނެއް ދިވެހިރާއްޖެ ބޭނުން ނުވާކަމަށާއި، ދިވެހިން ބޭނުންވަނީ ދިވެހިރާއްޖެކަމަށެވެ.
އިންޑިއާ އަސްކަރިއްޔާ ރާއްޖެއިން ފޭބުމަށް ގޮވާލާ ށ. ފުނަދޫގައި ކުރިޔަށްދާ ހަރަކާތުގައި ރައީސް ޔާމިން ދަނީ ވާހަކަފުޅު ދައްކަވަމުން#HEisBack#IndiaOut pic.twitter.com/2ssDXPsU47
— Progressive Party of Maldives (@ProgressPartyMV) January 14, 2022
އިންޑިއާއަކީ ގާތް ރަހުމަތްތެރި ޤައުމެއްކަމަށާއި، އިންޑިއާއާއި އެޤައުމުގެ ރައްޔިތުންނާ މައްސަލަ ނެތްކަމަށް ވިދާޅުވިއެވެ. ރައީސް ޔާމީން ވިދާޅުވީ، މައްސަލަަ އޮތީ އިންޑިއާ ސަރުކާރާކަމަށެވެ. ރާއްޖޭގައި އިންޑިއާގެ ނުފޫޒް ނެތް އެއްވެސް ކަމެއްނެތްކަމަށާއި، ރައްޔިތުންގެ ފޯނު ކޯލްވެސް އަޑު ނާހާކަން ނޭގޭކަމަށް ޔާމީން ވިދާޅުވިއެވެ. މިސަރުކާރު މިއޮތީ އެހާ ދަށް ފެންވަރެއްގައިކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޔާމީން ވަނީ، އެއްވެސް ރަށަކުން މިސަރުކާރަށް ތާޢިދެއް ނެތްކަމަށް ވިދާލުވެ ފުނަދޫއަށް ވަޑައިގަތުމަށް ގޮން ޖައްސަވާފައެވެ. ރައީސް ޔާމީން ވަނީ، އިންޓެލިޖަންސް މައުލުމާތުވެސް އިންޑިއާ ސިފައިން ދިން ގޮތަކަށް ބުނި ގޮތަކަށްމި ސަރުކާރުން ޤަބޫލުކޮށްގެން ތިބޭކަމަށް ތުހުމަތުކުރައްވާ އިންޑިއާއަށް ރާއްޖެއިން އެއްވެސް ޖާގައެއް ނެތްކަންކަމަށް ވިދާޅުވެފައެވެ.
ރައީސް ޔާމީނާއި އެކު ފުނަދޫގައި ކުރިޔަށްދާ "އިންޑިއާ އައުޓް" ހަރަކާތުގެ ތެރެއިން#HEisBack#IndiaOut pic.twitter.com/1e87iJp65O
— Progressive Party of Maldives (@ProgressPartyMV) January 14, 2022
ރައީސް ޔާމީންގެ ވާހަކަފުޅުގައި 2018ގެ ފެބުރުއަރީ 1ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރުގެ ފަހަތުގައިވެސް ތިބީ އިންޑިއާކަން ތަކުރާރުކުރެއްވިއެވެ. އެ އަމުރު ތަންފީޒް ނުކޮށްގެން އިންޑިއާއިން ނުފޫޒް ފޮރުވާއިރު މިއީ އިންޑިއާގެ އަވަށެއް ނޫންކަމަށްވެސް ތަކުރާރު ކުރެއްވިއެވެ. ދާޚިލީ ކަންކަމާއި ޚަރިޖީ ކަންކަމަކީ އެ ޤައުމެއްގެ އަމިއްލް ނިންމުންކަމަށާއި، މިއީ ރައްޔިތުން ނިންމާ ގޮތަށް ކުރިއަށްދާންޖެހޭ ކަންކަންކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
އިންޑިއާ އަސްކަރިއްޔާ ރާއްޖެއިން ފޭބުމަށް ގޮވާލާ ށ. ފުނަދޫގައި ކުރިޔަށްދާ ހަރަކާތުގައި ރައީސް ޔާމިން ދަނީ ވާހަކަފުޅު ދައްކަވަމުން#HEisBack#IndiaOut pic.twitter.com/v1JJUdAj13
— Progressive Party of Maldives (@ProgressPartyMV) January 14, 2022
"އިންޑިއާ އައުޓް" ކެމްޕެއިންގައިރައީސް ޔާމީން މިއަދު ށ.ފުނަދޫއަށް ވަޑައިގަތުމުން ވަޑައިގަތުމުން އެރަށުން އަމަނިކުފާނަށް ހޫނު މަރުހަބާއެއް ވަނީ ވިދާޅުވެފައެވެ.
ރައީސް ޔާމީން ފުނަދޫއަށް މި ވަޑައިގަތީ އެ އަތޮޅު ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރާ މޫސާ ފަޠުހީ އާދަމްގެ ކެމްޕެއިނަށް އެދާއިރާއަށް ވަޑައިގަތުމަށްފަހުއެވެ. ރައީށް ޔާމީން މިއަދު ފުނަދޫއަށް ވަޑައިގަތީވެސް އިންޑިއާ އައުޓް ލޯގޯ ޖަހާފައިވާ ޓީޝާޓު ތުރުކުރައްވައިގެންނެވެ. ރައީސް ޔާމީނަށް މަރުޙަބާ ވިދާޅުވުމަށް ފުނަދޫގެ ގިނަ ޢަދަދެއްގެ ބަޔަކު ވަނީ ޤައުމީ ދިދައާއި ރަތް ކުލައިގެ ޓީޝާޓާއި، ޕީޕީއެމް ކުލަ ހިމެނޭ ކުލަތަކާއެކު ވަނީ ބަނދަރު ސަރަހައްދަށް ޖަމާވެފައެވެ. ރައީސް ޔާމީނަށް މަރުހަބާ ވިދާލުވުމަށް ނިކުމެ ތިއްބެވި މީހުންނާ ސަލާމްކުރައްވަން އެމަނިކުފާނު ވަރަށް ގިނަ އިރު ހޭދަކުރެއްވިއެވެ.
ކޮމެންޓު ފޮނުވާ