"އިންޑިއާ އައުޓް" ކެމްޕެއިންގައި އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ށ.ފުނަދޫއަށް ވަޑައިގަތުމުން ވަޑައިގަތުމުން އެރަށުން އަމަނިކުފާނަށް ހޫނު މަރުހަބާއެއް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން ފުނަދޫއަށް މި ވަޑައިގަތީ އެ އަތޮޅު ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރާ މޫސާ ފަޠުހީ އާދަމްގެ ކެމްޕެއިނަށް އެދާއިރާއަށް ވަޑައިގަތުމަށްފަހުއެވެ. ރައީށް ޔާމީން މިއަދު ފުނަދޫއަށް ވަޑައިގަތީވެސް އިންޑިއާ އައުޓް ލޯގޯ ޖަހާފައިވާ ޓީޝާޓު ތުރުކުރައްވައިގެންނެވެ. ރައީސް ޔާމީނަށް މަރުޙަބާ ވިދާޅުވުމަށް ފުނަދޫގެ ގިނަ ޢަދަދެއްގެ ބަޔަކު ވަނީ ޤައުމީ ދިދައާއި ރަތް ކުލައިގެ ޓީޝާޓާއި، ޕީޕީއެމް ކުލަ ހިމެނޭ ކުލަތަކާއެކު ވަނީ ބަނދަރު ސަރަހައްދަށް ޖަމާވެފައެވެ. ރައީސް ޔާމީނަށް މަރުހަބާ ވިދާލުވުމަށް ނިކުމެ ތިއްބެވި މީހުންނާ ސަލާމްކުރައްވަން އެމަނިކުފާނު ވަރަށް ގިނަ އިރު ހޭދަކުރެއްވިއެވެ.
"އިންޑިއާ އައުޓް" ހަރަކާތައް ށ. ފުނަދޫއަށް ރައީސް ޔާމީން ވަޑައިގެންނެވުމުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ރައްޔިތުން ދަނީ ވިދާޅުވަމުން#HEisBack#IndiaOut pic.twitter.com/nXhOp1Dqjk
— Progressive Party of Maldives (@ProgressPartyMV) January 14, 2022
އިންޑިއާ އައުޓް ހަރަކާތާއެކު ރައީސް ޔާމީން ވަނީ މީގެ ކުރިންވެސް ބައެއް ރަށްރަށް ވަޑައިގެންފައެވެ. ފުނަދޫއަކީ ރައީސް ޔާމީނަށް ބޮޑު ތާއީދެއް އޮންނަ ރަށަކަށްވާއިރު އެމަނިކުފާނު އެރަށަށް ކުރައްވާ ދަތުރުގައި ބޮޑު ތަރުހީބެއް ލިބިގެންދާނެކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފައެވެ.
"އިންޑިއާ އައުޓް" ހަރަކާތައް ށ. ފުނަދޫއަށް ރައީސް ޔާމީން ވަޑައިގެންނެވުމުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ރައްޔިތުން ދަނީ ވިދާޅުވަމުން#HEisBack#IndiaOut pic.twitter.com/JYC4cljOFt
— Progressive Party of Maldives (@ProgressPartyMV) January 14, 2022
ރައީސް ޔާމީން އިސްކޮށް ހުންނަވައިގެން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ފަށާފައިވާ ކެމްޕެއިން ހުއްޓުވުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ސަރުކާރުންވަނީ މިހަރަކާތް ހިންގުމަށް ދެން ޖާގަ ނުދޭނެކަމަށް ބުނެފައެވެ. ނަމަވެސް އިދިކޮޅު ކޯލިޝަނުން ބުނެފައިވަނީ މިހަރަކާތް ދެން ހުއްޓުވޭނެ ގޮތެއް ނެތްކަމަށެވެ. އިންޑިއާ އައުޓް ހަރަކާތުގައި ގިނަ އަދަދެއްގެ ރައްޔިތުން ދަނީ ބައިވެރިވަމުންނެވެ.
ކޮމެންޓު ފޮނުވާ