ރާއްޖޭގައިވެސް ހަލުވިކަމާއެކު އޮމިކްރޯން ވޭރިއަންޓު ފެތުރެމުންދާކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާން ޑރ.ފާޠިމަތު ނަޒްލާ ރަފީޤް ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ކޯވީޑްގެ ކޭސްތައް އިތުރުވެފައިވާތީ އެކަމާއި ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރުމަށް މިހާރު ކުރިއަށްދާ ޕްރެސްކޮންފަރެންސްގައި ޑރ.ނަޒްލާ ވިދާޅުވީ، ދިވެހިންގެ ތެރޭގައި އޮމިކްރޯން އުޅޭކަމަށް ކަށަވަރު ކުވެފައިވާކަމަށެވެ. މިގޮތުން މިހާތަނަށް އެ ވޭރިއަންޓް އުޅޭތޯ ބެލުމަށް ހެދި ޓެސްޓްތަކުން އޮމިކްރޯންގެ 7 ކޭސް އިއްޔެ ލިބިފައިވާކަމަށާއި، އޭގެ ކުރީ ހަފްތާގައި 1 ކޭސް އޮމިކްރޯން ފެނިފައިވާކަމަށެވެ. އެހެންކަމުން މިކަމުން އެނގެނީ ދިވެހިންގެ ތެރޭގައި އޮމިކްރޯން ހަލުވިކަމާއެކު ފެތުރޭކަންކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.
ޑރ.ނަޒްލާ ވިދާޅުވީ، މީގެ ކުރިން ފެތުރުނު ޑެލްޓާ ވޭރިއަންޓަށްވުރެ އޮމިކްރޯން ކޭސްތައް ފެތުރޭ މިންވަރު ހަލުވިކަމަށާއި، އެގޮތުން ކޭސްތައް ވަރަށް އަވަހަށް ޑަބަލްވަމުން އަންނާނެކަމަށެވެ. މިގޮތުން 1 ދުވަހާއި 3 ދުވަސްތެރޭ ކޭސްތައް ޑަބަލް ވާކަން އޮމިކްރޯން އުޅޭ ޤައުމުތަކުން ފާހަގަވާކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.
ޑރ.ނަޒްލާ ވިދާޅުވީ، މީގެކުރިން ފެތުރުނު ޑެލްޓާ ވޭރިއަންޓަށްވުރެ އޮމިކްރޯން ކޭސްތައް ފެތުރޭ މިންވަރު ހަލުވިކަމަށާއި، އެގޮތުން ކޭސްތައް ވަރަށްއަވަހަށް ޑަބަލްވަމުން އަންނާނެކަމަށެވެ. މިގޮތުން 1 ދުވަހާއި 3 ދުވަސްތެރޭ ކޭސްތައް ޑަބަލް ވާކަން އޮމިކްރޯން އުޅޭ ޤައުމުތަކުން ފާހަގަވާކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.
އިއްޔެ ލިބުނު ނަތީޖާގައި 7، އޭގެ ކުރިން އެކަކު އޮމިކްރޯންއަށް ޕޮއިޓިވްވެފަވަނީ. މީގެ މާނަކއަކީ އިތުރު ކޭސްތައް އުޅުމަކީ އެކަށީގެންވާކެއްކަމަށް. އެހެން ޤައުމުތަކަށް ބަލާއިރު އޮމިކްރޯން ވަރަށް ހަލުވިކޮށް ފެތުރޭ. އެގޮތުން 1 ދުވަހާއި 3 ދުވަސްތެރޭ ކޭސްތައް ޑަބަލް ވާކަމަށް އޮމިކްރޯން އުޅޭ ޤައުމުތަކުން ފާހަގަވަނީ.
– ޑރ.ނަޒްލާ ވިދާޅުވިއެވެ.
ޑރ.ނަޒްލާ ވިދާޅުވީ ޑެލްޓާގެ ގިނަ ކޭސްތައް ކުރިން ފެނުނީ މާލެއިންކަމަށާ، ނަމަވެސް އޮމިކްރޯންގެ ކޭސްތައް މިފަހަރު އަތޮޅުތެރެއިން ގިނައިން ފެނުމަކީ އެކަށީގެންވާކަމެއްކަމަށެވެ. ސަބަބެއްކަމަށް ޑރ.ނަޒްލާ ފާހަގަކުރެއްވީ ވެކްސިން ފުރިހަމަކުރުމާއެކު ދަތުރުފަތުރުކުރުމަށް މިހާތަނަށް ދީފައި އޮތް ލުއިތަކެވެ. ޑރ.ނަޒްލާ ވިދާޅުވީ އޮމިކްރޯންގެ ގިނަ ކޭސްތަކެއް އަތޮޅުތަކުން ރިޕޯޓްކުރާނެކަމަށް ލަފާކުރެވޭއިރު، އިތުރު ވޭވްތައްވެސް އަންނާނެކަމަށް ލަފާކުރެވޭކަމަށެވެ.
އެހެންކަމުން ބަލި ކޮންޓްރޯލްކުރުމަށް ފިޔަވަޅުތަކެއް އަޅަމުން އަންނަކަން ޑރ.ނަޒްލާ ފާހަގަކުރެއްވިއެވެ. ޑރ.ނަޒްލާ ވިދާޅުވީ ފިޔަވަޅުތައް އެޅުމުގައި އިސްކަން ދެއްވަނީ ދަރިވަރުންގެ ކިޔެވުމަށް ހުރަސްނޭޅޭނެގޮތަށް ބަލި ކޮންޓްރޯލްކުރުމަށެވެ.