ނަރުސްގެ މަރާއި ގުޅިގެން ހައްޔަރުކުރި ފިރިމީހާގެ ބަންދަށް އިތުރު 10 ދުވަސް

ނަރުސްގެ މަރާއި ގުޅިގެން ހައްޔަރުކުރި ފިރިމީހާގެ ބަންދަށް އިތުރު 10 ދުވަސް

Author
މުޙައްމަދު ޝަޒައިމް
10 ޖެނުއަރީ 2022 10:34
0

އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުންދިޔަ ފިލިޕީންސްގެ ނަރުސް މޭރީގެ މަރުގެ މައްސަލައިގައި ހައްޔަރުކޮށް ދައުވާ އުފުލާފައިވާ އޭނާގެ ފިރިމީހާގެ ބަންދަން މިއަދު އަނެއްކާވެސް 10 ދުވަސް އިތުރުކޮށްފިއެވެ.

ކްރިމިނަލް ކޯޓުން މާވިންގެ ބަންދު އިތުރުކޮށް ނެރުނު އަމުރުގައި ބުނެފައި ވަނީ ދެން މާވިންގެ ބަންދާއި މެދު ގޮތެއް ނިންމަން ހާޒިރުކުރަން ޖެހޭނީ މާވިންގެ މައްޗަށް ކޮށްފައިވާ ދައުވާގެ ޝަރީއަތް ކުރައްވާ ގާޒީއެއްގެ ކުރިމައްޗަށެވެ.

އެނގި ހުރެ މީހަކު މެރުމުގެ ދައުވާ، އައިޖީއެމްއެޗްގެ ނަރުހެއް ކަމަށްވާ މާވިންގެ މައްޗަށް ކޮށްފައި ވާއިރު އައިޖީއެމްއެޗްގެ އެހެން ނަރުހެއް ކަމަށްވާ އޭނާގެ ލޯބިވެރިޔާ ހަލީމަތު ލަމްހާގެ މައްޗަށް ވަނީ އެކަމުގައި ބައިވެރިވުމާއި އިތުރު ދެ ދައުވާއެއް ކޮށްފައެވެ. އެނގިހުރެ މީހަކު މެރުމުގެ ދައުވާ މާވިންގެ މައްޗަށް ކުރަނީ އޮކްޓޫބަރު 19، 2021 ދުވަހުގެ 12:00 އާއި 12:49 އާ ދެމެދުގެ ވަގުތެއްގައި، މީނާ ދިރިއުޅުނު މއ. އުދުހޭކޮކާގޭގެ ފުރަތަމަ ފަންގިފިލާގެ ތެރޭގައި މޭރީގެ ބޮލާއި ކަރަށް ހަމަލާދީގެންނާއި ނޭވާ ހާސްކޮށްގެން މަރާލާފައި ވާތީއެވެ. މި ކުށުގެ އަސާސީ އަދަބަކީ 10 އަހަރަށް ޖަލަށް ލުމެވެ.

އޮކްޓޯބަރު މަހުގެ 19ވަނަ ދުވަހު މަރުވި ފިލިޕީންސް އަންހެންމީގެ މަރުގެ މައްސަލަ ފުލުހުން ތަޙުގީގުކުރަން ފެށީ، އެޙާދިސާއާ ގުޅިގެން އަދަޔާ ޚިލާފައި ކަންތައްތަކެއް ފާހަގަކުރެވިގެންނެވެ. މަންޒަރުދުށް ބައެއް މީހުން ބުނިގޮތުގައި، އޭނާ މަރުވެގެން ހޮސްޕިޓަލަށް ގެނެސްފައިވަނީ އޭނާގެ ފިރިމީހާއެވެ. މި މައްސަލައާ ގުޅިގެން އެންމެ ބޮޑަށް ޝަކުކުރެވެނީވެސް ނަރުސްމީހާގެ ފިރިމީހާއަށެވެ. އޭނާވެސް މަސައްކަތް ކުރަމުންދިޔައީ އައިޖީއެމް ހޮސްޕިޓަލްގައި ނަރުހެއްގެ ގޮތުގައެވެ.

މަރުވެގެން އަންހެން މީހާ ހޮސްޕިޓަލަަށް ގެންދިޔައިީ، ޑިއުޓީގައި ހުރުމަށްފަހު ގެއަށް ބްރޭކަށް ދިޔަތާ ކުޑަ ވަގުތުކޮޅެއް ފަހުންނެވެ. ހޮސްޕިޓަލަށް އަންހެން މީހާގެ ހަށިގަނޑު ގެންދިޔަވަގުތުގަވެސް އޭނާގެ ފިރިމީހާގެ ކިބައިން އާދަޔާ ޚިލާފަ ކަންކަތައްތަކެއް ފާހަގަކުރެވުނުކަމަށް އެވަގުތު އެތާތިބި ބައެއް މީހުން ބުނެފައިވެއެވެ. އެމީހުން ބުނިގޮތުގައި އަންހެން މީހާގެ ކަރުގައި ކޮންމެވެސް ކަހަލަ ނިޝާންތަކެއް ހުއްޓެވެ. ނަމަވެސް އެއީ ކަރުގައި ވާ / ފޮތި އައްސައިގެން ދަންޖެހިފައިވާ ނިޝާންތަކަކަށްވުރެ ބޮޑަށް ޝައްކު ކުރެވެނީ، މީހެއްގެ އިނގިލީގެ ނިޝާންތަކެއްގެ ގޮތުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.