ފޯކައިދޫންވެސް ފަތުހީއަށް އޮތް ތާޢީދު ދައްކާލައިފި

ފޯކައިދޫންވެސް ފަތުހީއަށް އޮތް ތާޢީދު ދައްކާލައިފި

Author
މުޙައްމަދު ޖިމީ
10 ޖެނުއަރީ 2022 08:29
0

އަންނަ މަހުގެ ފަސްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންޑު ދާއިރާގެ ބައި އިލެކްޝަންގައި އިދިކޮޅު ޕީޕީއެމުން ވާދަކުރާ ކެނޑިޑޭޓް މޫސާ ފަހުތީ އެދާއިރާގެ ފޯކައިދޫއަށް ވަޑައިގަތުމުން ގިނަ ބަޔަކު ނިކުމެ އެރަށުން އޮތް ތާޢީދު ދައްކާލައިފިއެވެ.

މީގެކުރިން ފަތުހީ ކޮމަންޑޫއަށް ވަޑައިގަތުމުންވެސް ގިނަ ބަޔަކު އޭނާ އަށް މަރުހަބާ ދެންނެވުމަށް ނިކުމެފައިވެއެވެ. މިއަދު ފަތުހީ ފޯކައިދޫއަށް ވަޑައިގަތުމުން ގިނަ ޢަދަދެއްގެ ބަޔަކު ވަނީ އެރަށު ބަނދަރު ސަރަހައްދަަށް ޖަމާވެ ފަތުހީއަށް މަރުހަބާ ދަންނަވާފައެވެ.

އަންނަ މަހުގެ 5ގައި ބާއްވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ވާދަވެރިކަން ވަނީ ވަރަށް ބޮޑުވެފައެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑީގެ ވާދަވެރިކަން ބޮޑުވެފައިވާއިރު ކުރިން އެ ދާއިރާ ތަމްސީލުކުރެއްވި ޙުސެއިން ވަހީދު އެ ގޮނޑި ކާމިޔާބުކުރެއްވީ 332 ވޯޓްގެ ތަފާތަކުންނެވެ. އެފަހަރު އޭނާއާއި އެންމެ ވާދަކުރީ ޕީއެންސީގެ ކެންޑިޑޭޓް އިބްރާހިމް ރަޝީދެވެ.

އަންނަ ފެބްރުއަރީ މަހުގެ 5 ވަނަދުވަހު އޮންނަ ބައި އިލެކްޝަންގައި 6 ވޯޓް ފޮއްޓެއް ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. މި ފޮށިތަކުގެ ތެރެއިން މާލޭގައި އުޅޭ އެ ދާއިރާގެ ރައްޔިތުން ވޯޓްލާން ޖެހޭ ފޮށި ހުންނާނީ އިންތިހާބާއި ބެހޭ މަރުކަޒު ބާ ޖަމާލުއްދީނުގައެވެ.

ކޮމަންޑޫއާއި ފޯކައިދޫ އަދި މަރޮށި ހިމެނޭ މި ދާއިރާގައި 3316 މީހުންނަށް ވޯޓްލުމުގެ ހައްޤު ލިބިގެންވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އެކޮއި
ށ ކޮމަންށޫ ދާއިރާގެ ރައްޔަތުންގެ މަޖިލީހުގެ ބައި އިލެކުސަން ގޮޑި މިފަހަރު ކާމިޔާބު ކުރާނީ ޕީޕީއެމް އިންސާﷲ