ހިއުމަން ޓްރެފިކިން މައްސަލައެއްގައި ފުލުހަކާއެކު 4 މީހުން ހައްޔަރުކޮށްފި

ހިއުމަން ޓްރެފިކިން މައްސަލައެއްގައި ފުލުހަކާއެކު 4 މީހުން ހައްޔަރުކޮށްފި

Author
މުޙައްމަދު ޖިމީ
10 ޖެނުއަރީ 2022 06:26
0

ހިއުމަން ޓްރެފިކިން މައްސަލައެއްގައި ފުލުހަކާއެކު އިތުރު ތިން މީހަކު ހައްޔަރުކޮށްފިއެވެ. އެ ހަތަރު މީހުން ހައްޔަރުކިުރީ މިދިޔަ ބުދަ ދުވަހުއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ، 28 އަހަރާއި 65 އަހަރާ ދެމެދުގެ އުމުރުގެ ހަތަރު މީހުންނެވެ. އޭގެ ތެރޭގައި ބިދޭސީންވެސް ހިމެނޭކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ހައްޔަރުކުރި މީހުންގެ ތެރެއިން ދެމީހެއްގެ ބަންދަށް 15 ދުވަސް އަދި އަނެއް ދެމީހުންގެ ބަންދަށް 10 ދުވަސް ކޯޓުން ވަނީ ޖަހައިދީފައެވެ. ހިއުމަން ޓްރެފިކިންގެ މައްސަލާޣައި ހައްޔަރުކުރި ފުލުސް މީހާ މިހާރު ހުރީ މުސާރ ނުލިބޭގޮތަށް ސަސްޕެންޑްކޮށްފައިކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލައާއި ގުޅޭ އިތުރު ތަފްސީލް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ. ފުލުހުން ބުނީ މި މައްސަލަ ތަޙްޤީޤްކުރަމުން އަންނަކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.