މިއަދާއި، މާދަމާ ރަށްރަށަށް ދަތުރުކުރާ ފަރާތްތަކަށް ލުޔެއް!

މިއަދާއި، މާދަމާ ރަށްރަށަށް ދަތުރުކުރާ ފަރާތްތަކަށް ލުޔެއް!

Author
މުޙައްމަދު ޝަޒައިމް
10 ޖެނުއަރީ 2022 08:37
0

ކޯވިޑް ކޮންޓްރޯލްކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، މިއަދާއި މާދަމާ ރަށްރަށަށް ދަތުރުކުރާ މީހުންނަށް ލުއިގޮތްތަކެއް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހަމަޖައްސަވައިފިއެވެ.

ކޯވިޑް ކޮންޓްރޯލްކުރުމަށް އެޗްޕީއޭއިން ފިޔަވަޅުތަކެއް އަޅާފައި މިވަނީ ވޭތުވެދިޔަ ހަފްތާއެއްހާ ދުވަހު ރާއްޖޭގައި ކޯވިޑްގެ ކޭސްތައް ރެކޯޑް އަދަދަކަށް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ވިދާޅުވީ މާލެ، ހުޅުމާލެ އަދި ވިލިމާލެއިން ޓެސްޓުކުރާ ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވާ ނިސްބަތް މިވަގުތު ހުރީ %5 އިން މަތީގައެވެ. މިކަމާއި ގުޅިގެން ބަލި ކޮންޓްރޯލް ކުރުމަށް 10 ޖެނުއަރީން ފެށިގެން އިތުރު ފިތަވަޅުތައް އެޅުމަށް ވަނީ ނިންމާފައެވެ.

މާލެ ސަރަހައްދަކީ ބަލީގެ ނުރައްކާ އެންމެ ބޮޑަށް އޮތް ސަރަހައްދަށްވުމުން، މާލެއިން އަތޮޅުތެރޭގެ ރަށްތަކަށް ދަތުރު ކުރާ މީހުން ޕީސީއާރް ޓެސްޓު ހެދުމާއި، ވެކްސިން ނުޖަހާ މީހުން ކަރަންޓީން ވާންޖެހޭ އުސޫލު ކަނޑައެޅި ނަމަވެސް، މިއަދާއި މާދަމާއަށް ވަނީ ލުއިގޮތްތަކެއް ފަހިކޮށްދީފައެވެ.

މާލެއިން ރަށްރަށަށް ދަތުރު ކުރަން ޖެހޭ ފަރާތްތަކަށް ތިރީގައިވާ ގޮތްތައް ޚިޔާރު ކުރެވޭނެ:

1. މާލެއިން ސާމްޕަލްއެއް ނެގުމަށްފަހު ދަތުރުކޮށް ނަތީޖާ ލިބެންދެން ކަރަންޓީންގައި ހުރުން.
2. ރަށަށް ދަތުރުކޮށް، ރަށުން ސާމްޕަލް ނަގާ ޓެސްޓްކުރުމަށްފަހު، ޓެސްޓް ނަތީޖާ ލިބެންދެން ކަރަންޓީނުގައި ހުރުން.

މީގެ ކުރިން ޢަމަލު ކުރަމުން އައި އުސޫލަކީ ވަކި އިންސައްތައަކަށް ވެކްސިން ފުރިހަމަކޮށްފައިވާ ރަށްތަކަށް، އިތުރު ހުއްދައާއި އަދި ޕީސީއާރް ޓެސްޓު ހެދުމާއި ނުލާ ދަތުރުކުރެވޭ އުސޫލެވެ.

ނަމަވެސް ފިޔަވަޅުތައް ވަރުގަދަކޮށްފައި މިވަނީ އަތޮޅުތަކުން ކޯވިޑް ކޭސް ފެންނަ މިންވަރު އިތުރުވަމުންދާތީއެވެ. ވޭތުވެދިޔަ 4 ވަރަކަށް މަސްދުވަހު، ގިނަ ކޭސްތަކެއް ރިޕޯޓްކުރަމުން ދިޔައީ އަތޮޅުތަކުގެ ރަށްތަކުންނެވެ. އަދި 7 ރަށެއް މިވަގުތު މޮނިޓަރިންގައި އެބައޮތެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.