ސަލާމަތީ ބާރުތަކުން މާލޭގައި ޚާއްސަ އޮޕަރޭޝަނެއް ފަށައިފި

ސަލާމަތީ ބާރުތަކުން މާލޭގައި ޚާއްސަ އޮޕަރޭޝަނެއް ފަށައިފި

Author
admin
10 ޖެނުއަރީ 2022 08:01
0

ފުލުހުންނާއި ސިފައިން ގުޅިގެން މާލޭގައި ޚާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.

ފުލުހުންގެ މުއައްސަސާ އާއި ގައުމީ ދިފާއީ ބާރުން ނެރެފައިވާ ބަޔާނުގައި ވަނީ "ގުޅިގެން" މި ނަމުގައި ރޭ ފެށީ ފުލުހުންގެ އެދުމުގެ މަތިން ކަމަށެވެ. އެ އޮޕަރޭޝަން ހިންގަމުންދާއިރު ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ސަލާމަތީ ބާރުތަކުން ވަނީ ޝުކުރު އަދާކޮށްފައެވެ.

އެފަދަ އޮޕަރޭޝަނެއް ހިންގަނީ ސީދާ ކޮން ކަމަކާ ގުޅިގެން ކަމެއް ސަލާމަތީ ބާރުތަކުން ހާމައެއް ނުކުރެއެވެ.

ދާދިފަހުން ވިލިމާލެއިން ހަރުކަށި ފިކުރު ފަތުރާ ކަމަށް ތުހުމަތު ކުރެވޭ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވެއެވެ. ނަމަވެސް އެކަމާ ގުޅިގެން ފުލުހުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.