ރާއްޖޭގައި އެންމެ ފަހުން ވަޣާވާތެއް ކޮށްފައިވަނީ އެމްޑީޕީ މީހުން އިސްވެތިބެގެން ކަމުގައި މިސަރުކާރުގެ ފުރަތަމަ ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރާ އެމްޑީޕީގެ ކެނޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަކީ ފާއިތުވެދިޔަ ކައިރި މާޒީގައި ހިނގައިދިޔަ ކަންތައްތަކުގެ މަތީން ހަދާން ނެތޭނެ ބައެއް ނޫންކަމަށެވެ. މިއިންތިޚާބުގައި އެމްޑީޕީއާއި ވާދަކުރާ، އެމްއެންޕީއާއި، ޕީޕީއެމްއަށް އިޝާރާތްކޮށް ރައީސް ވިދާޅުވީ މިއީ ބަޣާވާތާއި، ޑްރަގާއި ދެކޮޅަށް ވޯޓުދޭންވީ ފަހަރު ކަމަށެވެ.
ރައީސް އެރޭގެ ޖަލްސާގައި ވިދާޅުވި ބަޣާވާތުގެ ވާހަކަ އަމާޒުވަނީ އެމްއެންޕީގެ ލީޑަރު ކާނަލް ނާޒިމްއަށާއި، ނައިބް ލީޑަރު އަބްދުﷲ ރިޔާޒުކަމަށް ޖަލްސާ ހުށަހެޅުއްވި އަންވަރުގެ ވާހަކައިން ވަނީ ތަފްސީލް ކޮށްދެއްވާފައެވެ.
މިވާހަތަކާއި ގުޅިގެން ޝިދާތާ މިއަދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ އެމްޑީޕީގެ ގަބޫލު ކުރާ ގޮތާއި އެޕާޓީއާއި، ނުވަތަ ވެރިކަމުގައި އޮންނައިރު، އެމްޑީޕީގެ ސަރުކާރާއި ދެކޮޅަށް އަޑު އުފުލަން ނިކުންނަ ކޮންމެ ފަހަރަކީ ބަޣާވާތް ކުރުންކަމަށެވެ. ކޮންމެ އިންތިޚާބަކާއި ދިމާކޮށް، ރައްޔިރުން ގުނބޯ ހައްދަން ބަޣާވާތުގެ ދެއްކުމަކީ މިހާރު އެމްޑީޕީގެ ސިޔާސަތެއްކަމަށް ޝިދާތާ ވިދާޅުވިއެވެ.
އެމްޑީޕީ ސަރުކާރާއި، ދެކޮޅަށް އިހުތިޖާޖު ކުރީމާއެވީ ބަޣާވާތަކަށް. ފަހުން އިސްވެ އެކަމެއް ކުރީ އެމްޑީޕީ މީހުން އިސްވެ. އެވީ އިޚުތިޖާޖަކަށް. ކޮންމެ އިންތިޚާބަކާއި ދިމާކޮށް، ރައްޔިތުން ގުނބޯ ހައްދަން ބަޣާވާތޭ ގޮވުން ހުއްޓަން ވެއްޖެ.
– ޝިދާތާ ވިދާޅުވިއެވެ.
2015 ވަނަ އަހަރުގެ ގިނަ އަދަދެއްގެ ބަޔަކާއިއެކު މާލޭގައި ކުރި މުޒާހަރާއަކީ މިހާރުވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން އިސްނަގައިގެން ބޭއްވި މުޒާހަރާއެކެވެ. އަދި އެ މުޒާހަރާއާ ގުޅިގެން އެ ޕާޓީގެ ރައީސް އިމްރާން އަބްދުﷲއަށް ޓެރަރިޒަމްގެ ދައުވާކޮށް ވަނީ ޖަލަށްލާފައެވެ. އެމުޒާހަރާގައި އިމްރާންވަނީ ނޫސްވެރިޔާ ރިލުވާން ގެއްލުވާލުމުގެ ހަގީގަތް އެނގޭކަމަށްވެސް ވިދާޅުވެ ގަނޑުތަކެއްވެސް ދައްކާފައެވެ.
މޭޑޭގެ މުޒާހަރާ ގައި ބައެއް މީހުންނަށް ބޮޑެތި އަނިޔާތަކެއް ވެފައިވާއިރު، މިމުޒާހަރާގެ އެންމެ ބޮޑު ބޭނުމަކީ އޭރުއޮތް ޤާނޫނީ ސަރުކާރު ވައްޓާލުންކަމަށް އޭރުގެ ސަރުކާރުން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ