އެޗްޑީސީގެ ބިޑް ޕްރޮޕޯސަލް، ޕޯޓަލް ތަޢާރަފްކޮށްފި

އެޗްޑީސީގެ ބިޑް ޕްރޮޕޯސަލް، ޕޯޓަލް ތަޢާރަފްކޮށްފި

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ހުޅުވާލާ ބީލަންތަކަކީ ވާދަވެރި މާޙައުލެއްގެ ތެރެއިން ހުޅުވާލެއިގެން ކުރިއަށްގެންދާ މަސައްކަތަކަކަށް ހެދުމަށްޓަކައި، އެކަމަށް ޚާއްސަ "ބިޑް ޕްރޮޕޯސަލް ޕޯޓަލް"އެއް ތަޢާރަފްކޮށްފިއެވެ.

އެޗްޑީސީގައި ބޭއްވި ރަސްމިއްޔާތެއްގައި މިޕޯޓަލް ތަޢާރަފްކުރެއްވުމަފަހު އެކުންފުނިން ވިދާޅުވީ މިޕޯޓަލްގެ ސަބަބުން މިހާރަށްވުރެބޮޑަށް އެޗްޑީސީގެ މަސައްކަތްތައް ދެފުށްފެންނަ ގޮތަކަށް މެނޭޖްކުރެވޭނެކަމަށެވެ.

އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސުޙައިލް އަޙްމަދު ވިދާޅުވީ މިޕޯޓަލްގެ ސަބަބުން ކުރިއަށް އޮތްތަނުގައި ބީލަން ހުށައެޅުން މިހާރަށްވުރެ ވާދަވެރިވާނެކަމަށް ޤަބޫލުކުރައްވާކަމަށެވެ. އަދި ބީލަން ހުށައެޅުމަށް ބޭނުންވާ ލިޔެކިޔުން ހަމަނުވުމުގެ މައްސަލަ މިހާރު ވަރަށް ބޮޑަށް ކުރިމަތިވާކަމަށާ، އަދި ބީލަން މަރުޙަލާއިން ގިނަ ކުންފުނިތަކެއްގެ ބީލަން ބާޠިލްވާ މައްސަލަ މިހާރު ކުރިމަތިވާކަން ފާހަގަކުރެވޭކަމަށް ސިޙައިލް ވިދާޅުވިއެވެ. މިޕޯޓަލްއާއެކު މިމައްސަލައަށް ޙައްލެއް އަންނާނެކަމަށް ސުހެއިލް ވިދާޅުވިއެވެ.

އެޗްޑީސީއިން އަންނަނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގައިވެސް ޢާއްމުންނަށް ބޭނުންވާ އެކި ޚިދުމަތްތަކާއި ވަޞީލަތް ޤާއިމުކޮށް، ތަރައްޤީގެ އެކި މަޝްރޫޢުތައް ހިންގަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *