އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ނައިޓްމާކެޓް ކުރިއަށްގެންދަން ހުއްދަ ދީފި

އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ނައިޓްމާކެޓް ކުރިއަށްގެންދަން ހުއްދަ ދީފި

Author
މުޙައްމަދު ޖިމީ
07 ޖެނުއަރީ 2022 08:57
0

އެޗްޕީއޭއިން އެންގުމުން މާލޭގެ ރަސްފަންނު ސަރަހައްދުގައި މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދާ ނައިޓް މާކެޓް ހުއްޓާލަން އެންގިތާ 24 ގަޑިއިރު ނުވަނީ އަލުން އެ މާކެޓް ބާއްވަން އެޗްޕީއޭއިން ހުއްދަ ދީފިއެވެ.

ލެ ސިޓީގައި ނައިޓް މާކެޓްފަދަ އިވެންޓްތަކަށް ހުއްދަ ދިނުން ހުއްޓާލާފައިވަނީ ދުނިޔޭގެ އެކި ޤައުމުތަކުގައި ބާރަށް ފެތުރެމުންދާ ކޯވިޑް-19ގެ އޮމިކްރޯން ވޭރިއަންޓް ރާއްޖެއިން މިހާރު ފެނިފައިވުމާއި، ބަލިޖެހޭ ޢަދަދު މާލޭގައި މިހާރު އިތުރުވަމުންދާތީ، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ކަމަށް އެކައުންސިލުން ބުނެފައިވެއެވެ.

ނަމަވެސް މާލެ ސިޓީ ކައުންސިލުން ބުނީ މިރޭ ރޭ ނައިޓްމާކެޓް ފަށަނީ ގައިދުރުކަމާއެކު އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށްކަމަށާއި، ނައިޓްމާކެޓް އަލުން ބާއްވަނީ ވަރަށް ގިނަ ބައެއްގެ އެދުމުގެ މަތިންކަމަށެވެ. އެހެން ކަމުންއެޗްޕީއޭއިން ކަނޑައަޅާފައިވާ މިންގަނޑާ އެއްގޮތަށް ނައިޓްމާކެޓް ބާއްވަން އެއްބަސްވާ ފަރާތްތަކަށް ހުއްދަ ދިނުމަށް ނިންމީކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

ކޯވިޑާ ގުޅިގެން ދޮޅު އަހަރެއްހާ ދުވަހު ނައިޓް މާކެޓްތައް ބޭއްވުން ހުއްޓުމަކަށް އައުމަށްފަހު، ދާދިފަހުން ވަނީ ޖެހިޖެހިގެން ހަތަރު ނައިޓް މާކެޓް މާލެ ސިޓީގައި ބާއްވާފައެވެ. އެގޮތުން ހުޅުމާލެ ރުށްގަނޑު ސަރަހައްދުގައި ދެ ނައިޓް މާކެޓަކާއި ދަރުބާރުގޭގެ އިރުމަތީގައި އޮންނަ ހުސް ބިމުގައާއި ރަސްފަންނު ސަރަޙައްދުގައިވެސްވަނީ ނައިޓް މަރކެޓެއް ބާއްވާފައެވެ.

ކޯވިޑްގެ އައު ވޭރިއަންޓެއް ކަމަށްވާ އޮމިކްރޯން ފެތުރެމުން އަންނާތީ މިދުވަސްވަރު ޗުއްޓީއާއި އެކި ތަންތަނަށް ދަތުރުކުރާ ފަރާތްތަކުން ބަލިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅުތަކަށް ސަމާލުވުމަށް އެޗްޕީއޭއިންވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.