ދިވެހި ބަހާއި އަދަބިއްޔާތުގެ މާހިރު ކަށިމާ ޝާކިރަށް ދައުލަތުގެ އެންމެ މަތީ ޢިއްޒަތް

ދިވެހި ބަހާއި އަދަބިއްޔާތުގެ މާހިރު ކަށިމާ ޝާކިރަށް ދައުލަތުގެ އެންމެ މަތީ ޢިއްޒަތް

Author
އަހުމަދު
15 އޮގަސްޓް 2026 12:43
0

ދިވެހި ބަހާއި އަދަބިއްޔާތާއި ތާރީޚުގެ ދާއިރާއިން 60 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޤައުމަށް ޚިދުމަތްކުރައްވާފައިވާ އަލްއުސްތާޛު ކަށިމާ އަޙްމަދު ޝާކިރަށް، ދައުލަތުގެ އެންމެ މަތީ ޢިއްޒަތްކަމުގައިވާ ނިޝާން ދިޔަމިގިލީގެ ޝަރަފުގެ ޢިއްޒަތް އަރުވައިފިއެވެ. މި ޢިއްޒަތް އެރުވުނީ ހއ. އުތީމުގައި ބޭއްވި ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައެވެ.

1969 ވަނަ އަހަރު ސަރުކާރުގެ ޗާޕުޚާނާއިން ޚިދުމަތް ފެއްޓެވި ޝާކިރު ވަނީ ދިވެހި ދައުލަތަށް 41 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވާފައެވެ. "ވިހިވަނަ ޤަރުނުގެ ތެރޭގައި ދިވެހިރާއްޖެ" ފޮތުގެ އިތުރުން ރާއްޖޭގެ ތާރީޚާއި ސިޔާސީ ދާއިރާއާ ގުޅުންހުރި ގިނަ ފޮތްތަކެއް އޭނާ ވަނީ ލިޔުއްވާފައެވެ. ވާހަކަދެއްކުމާއި ޅެންވެރިކަމާއި ނޫސްވެރިކަމުގެ ރޮނގުން އެތައް ފަހަރަކު ޤައުމީ އިނާމު ހާސިލުކުރައްވާފައިވާ ޝާކިރު ވަނީ އުމުރުން 69 އަހަރުގައި މާސްޓާޒް އޮފް ޝަރީޢާ ފުރިހަމަކުރައްވައި ޤާނޫނީ ވަކީލެއްގެ ގޮތުގައިވެސް މަސައްކަތްކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.