ޝުރައިޚު ހޯދާތާ 72 ގަޑިއިރު، މަސައްކަތް ކުޑަކޮށްފި

ޝުރައިޚު ހޯދާތާ 72 ގަޑިއިރު، މަސައްކަތް ކުޑަކޮށްފި

Author
މުޙައްމަދު ޝަޒައިމް
06 ޖެނުއަރީ 2022 05:07
0

މިދިޔަ ހޯމަ ދުވަހު ވ.އަތޮޅު ބޭރަށް އަޑިއަށް ދިޔަ އަލަމާ-5، ދޯނިން ގެއްލުނު 3 މީހުންގެ ތެރެއިން ދިވެހި ފަޅުވެރިޔާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާކަމަށާ، މިހާތަނަށް 5،692 އަކަނޯޓިކަލް މޭލުގެ ސަރަޙައްދެއް ހޯދައި ބާލާފައިވާކަމަށް އެމެއެންޑީއެފުން ވިދާޅުވެއްޖެއެވެ.

މި ދޯނި އަޑިއަށް ދިޔައީ ފ.ފީއަލިން ފުރައިގެން މާލެ ދަތުރު ކުރަމުން ދަނިކޮށެވެ. ގެއްލުނު ފަޅުވެރިޔާ ހޯދުމަށްޓަކައި އެމްއެންޑީއެފުގެ ކޯސްޓްގާޑުން ދަނީ މެދުކެނޑުމެއްނެތި ހަރަކާތްތެރިވަމުންނެވެ. މިމަސައްކަތުގައި އެ ސަރަޙައްދުތަކުން ދަތުރުކުރާ ސީޕްލޭންތަކާއި ފްލައިޓްތަކުގެ އެހީތެރިކަން ވެސް ދަނީ ހޯދަމުންނެވެ.

އަލަމާ-5، ދޯނި އަޑިއަށް ދިޔައިރު ދޯނީގައި ތިބީ ދިވެއްސަކާއި ދެ ބިދޭސީންނެވެ. ދިވެހި މީހާއަކީ ދޯނީގެ ކެޕްޓަނެވެ. ދެބިދޭސީންވެސް ގެއްލުނެވެ. އެހެންނަމަވެސް ކޯސްޓުގާޑުންވަނީ އެ ދެ ބިދޭސީން ކަނޑުމަތިން ހޯދާފައެވެ. ފެނުނުއިރު އެމީހުންތިބީ ހަންތަކެއްގެ އެހީގައެވެ.

ސިފައިންގެއިން ވިދާޅުވީ 72 ގަޑިއިރަކީ މިފަދަ ހާދިސާތަކުގައި މީހުން ނުފެނި، އެމީހުންގެ "ސާވައިވަބިލިޓީ ރޭޓް" އެންމެ ބޮޑަށް ދިގުދެމިގެންދާނެ މުއްދަތު ކަމަށް ދުނިޔޭގެ ގިނަ ތަންތަނުގައި ބަލައިގަންނަ ސްޓޭންޑާޑް ވަގުތު ކަމަށެވެ.

އަލަމާ ދޯނި އަޑިއަށް ގޮސްފައިވާ ކަމުގެ މަޢުލޫމާތު އެމްއެންޑިއެފަށް ރިޕޯޓްކޮށްފައިވަނީ ހޯމަ ދުވަހުގެރޭ 23:22 ހާއިރުއެވެ. ދޯނި އަޑިއަށްދިޔަ ސަބަބެއް އަދި ހާމަކޮށްފައެއްނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޟ ޟަރިޔަމް ސަރީ
މީ ސުރޭހުއެއް ނޫން މިއީ އަލަމާ ބޯޓުން ގެއްލުނުކައްޕީގެ ވާހަކަ. ށުރުހީގައި ވަނީ ސުރޭހުއޭ ކިޔާފައި ނަމަވެސް ހަބަރު ބިނާވެފައިވަނީ ގެއްލުނު ކައްޕިއަށް. ނޫސްތަކުގައި ޝާއިއު ކުރާއިރު މިވަރު ބެލެންޖެހޭ.....