އަދަދުތައް ތިރިއެއްނުވޭ، އިތުރު 228 މީހުން ކޯވިޑަށް ޕޮޒިޓިވްވެއްޖެ

އަދަދުތައް ތިރިއެއްނުވޭ، އިތުރު 228 މީހުން ކޯވިޑަށް ޕޮޒިޓިވްވެއްޖެ

Author
ޢަލީ އާދަމް
04 ޖެނުއަރީ 2022 10:24
0

ރާއްޖެއިން އިތުރު 228 މީހަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، (އެޗް.ޕީ.އޭ)އިން އެންމެފަހުން އާއްމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން އަލަށް ކޯވިޑަށް ޕޮޒިޓިވްވި 228 މީހުންގެ ތެރެއިން 60 މީހުންނަކީ ރަށްރަށުން ޕޮޒިޓިވްވި މީހުންނެވެ. މާލެއިން ބައްޔަށް ޕޮޒިޓިވްވީ 66 މީހުންނެވެ. އަދި ރިސޯޓްތަކުން 97 މީހަކު ޕޮޒިޓިވްވެފައިވާއިރު، ސަފާރީތަކުން 05 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

އަލަށް ކޯވިޑް ޖެހުނު މީހުންނާއެކު ބަލީގައި ފަރުވާ ހޯދާ މީހުންގެ ޢަދަދުވެސް މިހާރުވަނީ އިތުރުވާން ފަށާފައެވެ. މިވަގުތު 2،702 މީހަކު ފަރުވާ ހޯދަމުން އަންނައިރު އޭގެތެރެއިން 12 މީހަކަށް ފަރުވާދެމުން އަންނަނީ އެޑްމިޓްކޮށްގެންނެވެ. މިދިޔަ 24 ގަޑިއިރު 134 މީހުންވަނީ މި ބަލިން ރަނގަޅުވެފައެވެ. މިއާއެކު ޖުމުލަ 93،544 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. ކޯވިޑް ބަލި ދެނެގަތުމަށް ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 4،801 ސާމްޕަލެއް ވަނީ ޓެސްޓުކޮށްފައެވެ. ރޭ ދަންވަރު އައްޑޫއިން ނިޔާވި 82 އަހަރުގެ މީހާއާއެކު، ރާއްޖެއިން މި ބަލީގައި މިހާތަނަށް 263 މީހަކު ވަނީ ނިޔާވެފައެވެ.

ކޯވިޑްގެ އައު ވޭރިއަންޓެއް ކަމަށްވާ އޮމިކްރޯން ފެތުރެމުން އަންނާތީ މިދުވަސްވަރު ޗުއްޓީއާއި އެކި ތަންތަނަށް ދަތުރުކުރާ ފަރާތްތަކުން ބަލިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅުތަކަށް ސަމާލުވުމަށް އެޗްޕީއޭއިންވަނީ އިލްތިމާސްކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.