ބޯހިޔާވަހިކަމަކީ އަސާސީ ހައްޤެއް، ތަފާތެއް ނުކުރެވޭނެ: ދިޔާނާ

ބޯހިޔާވަހިކަމަކީ އަސާސީ ހައްޤެއް، ތަފާތެއް ނުކުރެވޭނެ: ދިޔާނާ

Author
މުޙައްމަދު ޝަޒައިމް
02 ޖެނުއަރީ 2022 05:37
0

ބޯހިޔާވަހިކަން ފޯރުކޮށް ދިނުމުގައި އެއްވެސް ރައްޔިތަކު ތަފާތު ނުކުރެވޭނެ ކަމަށާއި، އެއީ ޤާނޫނު އަސާސީގައި ކަނޑައަޅާފައިވާ އަސާސީ ހައްޤެއް ކަމުގައި ކުރީގެ ބަންޑާރަ ނައިބް ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.

ހުޅުމާލެ އިން 60 ބިން ހަމައެކަނި މާލޭގެ މީހުންނަށް ގަނެވޭ ގޮތަށް ގެނައި ބަދަލަކީ ވަރަށް ބޮޑު ތަފާތުކުރުމެއް ކަމަށް ބުނެ އަނެއްކާވެސް މައްސަލަ ވަނީ ހޫނުވެފައެވެ. މާލެސަރަހައްދަކީ އަތޮޅު ތެރޭގެވެސް އެތައްހާސް ރައްޔިތުން ދިރިއުޅޭ، އަދި އެރައްޔިތުންގެ ބޮޑު ބައިވެރިވުމަކާއިއެކު ތަރައްޤީވެފައިވާ ސަރަހައްދަކަށްވާއިރު، މާލެ ސަރަހައްދުގައި ކޮންމެ ރައްޔިތަކަށްވެސް ބޯހިޔާވަހިކަން ކަށަވަރު ވާންޖެހޭކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

މިކަމާއި ގުޅިގެން ކުރީގެ ބަންޑާރަ ނައިބް ދިޔާނާ ސައީދު ވިދާޅުވީ ޤާނޫނު އަސާސީން ކޮންމެ ދިވެހި ރައްޔިތަކަށް ކަށަވަރު ކޮށްދީފައިވާ އަސާސީ ހައްގުތަކުން އެއްވެސް ރައްޔިތަކު މަހުރޫމް ކުރުމަކީ ކޮށްގެން ވާނެކަމެއް ނޫންކަމަށެވެ. ރާއްޖޭގެ އެންމެ ރަނގަޅު ޚިދުމަތް ލިބެން އޮތް ސަރަހައްދަކުން ބޯހިޔާވަހިކަން ނުލިބޭގޮތަށް އުސޫލުތަކެއް ހެދުމަކީ ބަލައި ގަނެވޭނެ ކަމެއްނޫންކަމަށް ދިޔާނާ ވިދާޅުވިއެވެ.

އަސާސީ ހައްޤާއި އަސާސީ ޚިދުމަތް ފޯރުކޮށް ދިނުމުގައި އުފަންވީ ރަށުގެ މައްޗަށް ބަލާ ތަފާތު ނުކުރެވޭނެ. ބޯހިޔާ ވަހިކަމަކީ އަސާސީ ހައްގެއް. ރަނގަޅު ފެންވަރެއްގެ ޚިދުމަތް ލިބެން ހުންނަ ތަންތަނުން ބޯހިޔާވަހިކަމަށް އެދޭ މީހުން ގިނަވާނެ. އުފަންވީ ރަށަށް ބަލާ ތަފާތު ނުކުރެވޭނެ.

– ދިޔާނާ ވިދާޅުވިއެވެ.

ޤާނޫނު އަސާސީގެ އަސާސީ ހައްގުތަކާއި މިނިވަންކަމުގެ ބާބުގައި ބަޔާންކޮށްފައިވާ ޙައްޤުތަކާއި މިނިވަންކަން، މި ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން އެއްވެސް ގޮތަކުން ތަފާތުކުރުމެއްނެތި ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ. މި ޙައްޤުތަކާއި މިނިވަންކަން ލިބުމުގައި، އެ މީހެއްގެ ނަސްލަށް، ނުވަތަ އުފަންވީ ޤައުމަށް، ނުވަތަ ކުލަޔަށް، ނުވަތަ ޖިންސަށް، ނުވަތަ ޢުމުރަށް، ނުވަތަ ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމަކަށް، ނުވަތަ އެ މީހެއްގެ ނުވަތަ އެނޫންވެސް ވިސްނަމަކަށް، ނުވަތަ މާލީ ފުދުންތެރިކަމަށް، ނުވަތަ ނިސްބަތްވާ ޢާއިލާއަށް ނުވަތަ އުފަންރަށަށް، ނުވަގު މިނޫންވެސް ކަމަކަށް ބަލައި ތަފާތުކޮށްގެނެއްނުވާނެ ކަމާށެވެ.

ތިން އަހަރަށް ފަހު ހުޅުމާލެ އިން ބިން ވިއްކަން ހުޅުވައިލުމާ އެކު އެޗްޑީސީ އަށް ފުރަތަމަ ނުރުހުން އަމާޒުވީ، މާލޭގެ އެތައް ރައްޔިތުންތަކެއް ބޯހިޔާވަހިކަމަށް ޖެހިފައި ތިއްބައި މުއްސަނދިން އިތުރަށް މުއްސަނދި ކޮށްދޭން ބިން ވިއްކަން ހުޅުވައިލީ ކަަމަށް ބުނެ އެވެ.

ހުޅުމާލޭގެ ފޭސް ދެއަކުން ހުޅުވައިލީ 1،603 އަކަފޫޓާއި 2،633.93 އަކަފޫޓާ ދެމެދުގެ 60 ބިމެއް ބީލަމުގެ އުސޫލުން ވިއްކުމަށެވެ. ބިމުގެ އަގު ފެށޭ އަގަކީ އެޗްޑީސީން ކުރި އިއުލާނުގައިވާ ގޮތުން އަކަފޫޓަކަށް 3500ރ. އެވެ. އެހެންވެ ކޮންމެ ބިމަކަށް އެންމެ މަދުވެގެން ވެސް 5.6 މިލިއަން ރުފިޔާ އަރާނެ އެވެ. މި ފާޑުކިއުންތަކުން އަރައިނުގަނެވި އުޅެނިކޮށް، އެޗްޑީސީން ކުއްލި ގޮތަކަށް ނިންމީ ބިންތައް ހަމައެކަނި މާލޭގެ މީހުންނަށް ގަނެވޭ ގޮތަށް ހެދުމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޢ ޢައްޓަމަސް
ޢެހެންވިއްޔާ މާފުށިންވެސް އަދި އެހެން ރައްތަކުންވެސް ހުރިހާރަށެއްގެ މީހުންނަށް ގޯތިލިބެންވާނެ
އ އިބްން ޔޫސުފް
ރަށްރަށުން އެރަށެއްގެ މީހަކަށް ނޫން މީހަކަށް ގޯތި ނުދެނީ ކީއްވެގެން ހެއްޔެވެ؟ އޭގެ ޖަވާބު ތިޔަ އަނގަ ފަތަރާސް ދެއްވަފާނު ހެއްޔެވެ؟