ބޯވަ ނަގަން މޫދަށް ފޭބި ޒުވާނާ ހޯދުމަށް އެމްއެންޑީއެފް ކޯސްޓް ގާޑުން ހުއްޓާނުލައި މަސައްކަތް ކުރަމުންދާއިރު، މިހާތަނަށް ކުރި މަސައްކަތުން އޭނާ ފެނިގައި ނުވާކަމަށް ކޯސްޓްގާޑުން ވިދާޅުވެއްޖެއެވެ.
ގެއްލިގެން ހޯދަމުންދަނީ ކ. ގުޅިފަޅު ކައިރިއަށް ބޯވަ ހިފަން ފޭބި ހދ. ކުމުންދޫ އަރާއިރު، ޝުރޭހު ހަސަން ކިޔާ 21 އަހަރުގެ ޒުވާނެކެވެ. މިހާދިސާގެ މަޢުލޫމާތު ލިބުނީ ހުކުރު ދުވަހު ހެނދުނު 08:58 ހާއިރުކަމަށާއި، އެންމެފަހުން އޭނާ ލައިގެން ހުރީ އަޅިކުލައިގެ ޓީޝާޓަކާއި ކަޅުކުލައިގެ ސޯޓެއް ކަމަށް މަޢުލޫމާތު ލިބިފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.
އެމްއެންޑީއެފުން ވިދާޅުވީ މިހާތަނަށް ކޯސްޓް ގާޑުުން ގިރާވަރު ކަނޑުގެ 69.3 ސްކޮޔަރ ނޯޓިކަލް މޭލްގެ ސަރަހައްދެއް ބަލާފައިވާކަމަށެވެ.
ގެއްލުނު މީހާ ހޯދުމަށް ކޯސްޓް ގާޑުގެ ސިފައިން މިހާރުވެސް ހަރަކާތްތެރިވަމުންދައިރު، އެމްއެންޑީއެފް ކޯސްޓް ގާޑު ނޫރައްދީން ލޯންޗު އަންނަނީ ގެއްލުނު މީހާ ހޯދުމަށް ހަރަކާތްތެރިވަމުންނެވެ.
ކޮމެންޓު ފޮނުވާ