ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ހުއްޓާނުލައި ކުރިއަށް، އަދިވެސް ނުފެނޭ

ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ހުއްޓާނުލައި ކުރިއަށް، އަދިވެސް ނުފެނޭ

Author
މުޙައްމަދު ޝަޒައިމް
01 ޖެނުއަރީ 2022 05:54
0

އިއްޔެ ބޯވަ ނަގަން މޫދަށް ފޭބި ޒުވާނާ ހޯދުމަށް އެމްއެންޑީއެފް ކޯސްޓް ގާޑުން ހުއްޓާނުލައި މަސައްކަތް ކުރަމުންދާއިރު، މިހާތަނަށް ކުރި މަސައްކަތުން އޭނާ ފެނިގައި ނުވާކަމަށް ކޯސްޓްގާޑުން ވިދާޅުވެއްޖެއެވެ.

ގެއްލިގެން ހޯދަމުންދަނީ ކ. ގުޅިފަޅު ކައިރިއަށް ބޯވަ ހިފަން ފޭބި ހދ. ކުމުންދޫ އަރާއިރު، ޝުރޭހު ހަސަން ކިޔާ 21 އަހަރުގެ ޒުވާނެކެވެ. މިހާދިސާގެ މަޢުލޫމާތު ލިބުނީ އިއްޔެ ހެނދުނު 08:58 ހާއިރުކަމަށާއި، އެންމެފަހުން އޭނާ ލައިގެން ހުރީ އަޅިކުލައިގެ ޓީޝާޓަކާއި ކަޅުކުލައިގެ ސޯޓެއް ކަމަށް މަޢުލޫމާތު ލިބިފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ މިހާތަނަށް ކޯސްޓް ގާޑު ޑައިވަރުން ޑައިވްކޮށްގެން، 55000 އަކަ މީޓަރުގެ ސަރަހައްދެއް ބަލާފައިވާކަމަށާއި، އަދި ސްނޯކްލިން ކޮށްގެން 36000 އަކަ މީޓަރު ބަލާފައިވާކަމަށެވެ.

ގެއްލުނު މީހާ ހޯދުމަށް ކޯސްޓް ގާޑުގެ ސިފައިން މިހާރުވެސް ހަރަކާތްތެރިވަމުންދައިރު، އެމްއެންޑީއެފް ކޯސްޓް ގާޑު ނޫރައްދީން ލޯންޗު އަންނަނީ ގެއްލުނު މީހާ ހޯދުމަށް ހަރަކާތްތެރިވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.