އައްޑޫ ސިޓީ ކައުންސިލުން ހުޅުމީދޫ ވަކިވުމަށް ޕެޓިޝަންފައި ސޮއިކުރަން ފަށައިފި

އައްޑޫ ސިޓީ ކައުންސިލުން ހުޅުމީދޫ ވަކިވުމަށް ޕެޓިޝަންފައި ސޮއިކުރަން ފަށައިފި

Author
މުޙައްމަދު ޝަޒައިމް
01 ޖެނުއަރީ 2022 11:47
0

އައްޑޫ ސިޓީ ކައުންސިލުން ހުޅުމީދޫ ވަކިވާން ކުރާ މަސައްކަތުގެ ދަށުން ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފިއެވެ.

"އަފިރިންގެ ކައުންސިލް އަފިންނަށް" ނަމުގައި ފަށާފައިވާ މިކެމްޕެއިންގައި ގިނަ ބަޔަކު ދަނީ ސޮއި ކުރަމުންނެވެ. މި ޕެޓިޝަންގެ އެންމެބޮޑު ބޭނުމަކީ ހުޅުދޫ، މީދޫގެ ތަރައްޤީއަށް އޮތް ހުރަސް ނައްތާލައި އައްޑޫ ސިޓީ ކައުންސިލުންވެ ވަކި ރަށެއްގެ ގޮތުގައި އޮތުމެވެ. މި ޕެޓިޝަންގައި އެއަވަށުގެ ރައްޔިތުން ދަނީ ސޮއިކުރަމުންނެވެ.

މިޕެޓިޝަންގެ މަސައްކަތް ކުރިއަށްދާއިރު، މިކަމުގައި ރައްޔިތުން ނިންމާ ކޮންމެ ނިންމުމަކާއި އެއްގޮތަށް ކުރިއަށް ދާނެކަމަށް އެދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ވަނީ ވިދާޅުވެފައެވެ. ރޮޒައިނާ ވިދާޅުވެފައިވަނީ އައްޑޫ ސިޓީ ކައުންސިލްގެ ދަށުގައި ހުޅުދުއާއި މީދޫ އޮތުމުން ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއިވިފައިވާކަމަށެވެ.

ޚާއްސަކޮށް ތަރައްޤީގެ ކަންކަން ހިންގުމުގައި ދިމާވާ ދަތިތައް ލަސްވުމަކީ ސިޓީ ކައުންސިލްގެ ދަށުންވަކިވެ، ވަކި ކައުންސިލެއްގެ ގޮތުގައި އޮތުމަށް ރައްޔިތުން އެދޭ އެންމެބޮޑު އެދުންކަމަށެވެ. މިހާރުވެސް ބައެއް މަޝްރޫޢުތައް ހިންގަން ލަސްވަމުންދަނީ ސިޓީ ކައުންސިލުން ނިންމަންޖެހޭ ކަންކަން ނުނިމި ލަސްތަކެއް ވުމުންކަން ރޮޒައިނާ ވަނީ ފާހަގަކުރައްވާފައެވެ.

ހުޅުދުއާއި މީދުއަކީ އައްޑޫގެ ގުޅިފައިވާ ރަށްތަކާ ވަކިން އޮންނަ ދެ ރަށެވެ. ރައްޔިތުންގެ ޚިޔާލަށް މިދެއަވަށް ސިޓީ ކައުންސިލުން ވަކިކުރުމާމެދު ޢާއްމުންގެ ޚިޔާލަށް ހުޅުވާލުމުން ގިނަ ރައްޔިތުން ވަނީ ސިޓީ ކައުންސިލުން ވަކިވުމަށް ތާޢީދުކޮށްފައެވެ.

ރޮޒައިނާ ވިދާޅުވީ މިހާރު ޤާނޫނުގައި އޮންނަ ގޮތުން ކައުންސިލްތަކުން ވަކިވާން ބޭނުންވިޔަސް އެކަން ކުރެވޭނެ ގޮތެއް ނެތްކަމަށެވެ. އެހެންކަމަށްވުމުން ރައްޔިތުން މިބަދަލު ގެންނަން ތާއީދުކުރާނަމަ ޤާނޫނަށް އިސްލާހު ހުށަހަޅުއްވާނެކަމަށް ރޮޒައިނާ ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ރ ރޯޒް
ގްާނޫނައް ތިއިސްލާހު ނުގެނެވޭނެ އެއީ ތިޔަ އިސްލާހު ގެންނަން ރައީސުލްޖުމްހޫރިއްޔާ އެއްބަހެއް ނުވާނެ ސަބަބަކި ގަނޫނު ބުނަނީ ރަށެއް ނޫނީ އަތޮޅެއް އަވަށެއް ސިޓީއަކައް ހަދަން އެނޫނީ ސިޓިއަކުން ވަކިކުރަން ރައީސައް ފެނިގެން ރައޯސުގެ ގަރާރަކުން އެތަނެއްް ސިޓީއަކައް ނޫނީ ސިޓީއަކުން ވަކިކުރުމުގެ އިހްތިޔާރާއި ބާރަކީ ރައީސައް ލިބިގެންވާ ބާރެއްކަމައް ދެން އެބޭފުޅާ އެބާރު ދޫކޮށްލާނެތަ
ރ ރޯޅި
ކަމެއްކުރަންޏާ ދައުލަތަށް މާލީ ބޮޑު ބުރައަކަށްވެފައިވާ ތި ކައުންސިލްތައް އުވާލާ ކޮންމެރަށަކަށްވެސް ރަށުވެރިޔާކު އިންތިހާބުކޮށް ރކއ ކޮމެޓީއެއް އިންތިހާބުކޮށް އެ ކޮމެޓީއަކީ އެރަށުގެ ކަންކަމުގެ ސިޔާސަތުތައް އެންޑޮޒުކުރާ ބަޔަކަށް ހަދަންވީ. ތަންފީޒީ ކަންކަން ކުރާނީ ސިވިލް ސްޓާފުން. ކޮމެޓީގެ މެމްބަރުންނަކީ އިދާރީ ހިންގުމަނުހިމެނޭ އެކްސްކޯ އެއްގޮތަށް ބާއްވާށެވެ.