ބޯވަ ނަގަން މޫދަށް ފޭބި ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފއެވެ.
އެމްއެންޑީއެފުން ވިދާޅުވީ ކ.ގުޅިފަޅު ކައިރިއަށް ބޯވަ ހިފަން ފޭބި 21 އަހަރުގެ ދިވެއްސަކު ގެއްލިގެން އެމީހާ ހޯދުމުގެ މަސައްކަތް ކޯސްޓްގާޑުން ފަށައިފައިވާކަމަށެވެ.
ކ.ގުޅިފަޅު ކައިރިއަށް ބޯވަ ހިފަން ފޭބި 21އަހަރުގެ ދިވެއްސަކު ގެއްލިގެން އެމީހާ ހޯދުމުގެ މަސައްކަތް ކޯސްޓްގާޑުން ފަށައިފި. ހާދިސާގެ މަޢުލޫމާތު ލިބުނީ މިއަދު 08:58 ހާއިރު. އެންމެފަހުން މީނާ ލައިގެންހުރީ އަޅިކުލައިގެ ޓީޝާޓަކާއި ކަޅުކުލައިގެ ސޯޓެއްކަމަށް މަޢުލޫމާތު ލިބޭ. pic.twitter.com/jlziwItBnB
— Maldives National Defence Force (@MNDF_Official) December 31, 2021
ހާދިސާގެ މަޢުލޫމާތު ލިބުނީ މިއަދު 08:58 ހާއިރުކަމަށާއި، އެންމެފަހުން އޭނާ ލައިގެންހުރީ އަޅިކުލައިގެ ޓީޝާޓަކާއި ކަޅުކުލައިގެ ސޯޓެއްކަމަށް މަޢުލޫމާތު ލިބިފައިވާކަމަށެވެ.
ކޮމެންޓު ފޮނުވާ