ޔޫއެން ޖެނެރަލް އެސެމްބްލީގެ ރައީސް، ރާއްޖޭގެ ފޮރިންގ މިނިސްޓަރ އަބުދުﷲ ޝާހިދު ކޯވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.
ކޯވިޑަށް ޕޮޒިޓީވް ވުމައި ގުޅިގެން ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ޕޮޒިޓިވް ވުމާއިގުޅިގެން މިހާރު ގޭގައި އަމިއްލަފުޅަށް އެކަހެރިވެ ވަޑައިފައި ވާކަމަށާއި، އަދި ކޯވިޑްގެ އަލާމާތްތައް ފެންނަމުންދަނީ ވަރަށް ކުޑަކޮށް ކަމަށެވ.
ޝާހިދުގެ ޓުވީޓުގައި ވިދާޅުވި ގޮތުގައި، ކޯވިޑަށް ޕޮޒިޓިވްވިއިރު، ވެކްސިން ދެ ޑޯޒު ޖައްސަވާއަދި ބޫސްޓަރ ޑޮޒްވެސް ޖައްސަވާފައިވާ ކަމުގައެވެ. އަދި ކޯވިޑަށް ޕޮޒިޓިވް ފަރުވާ ހޯދަމުން ހުރިހާ ފަރާތްތަކަށާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެކްސިން ޖެހުމުގެ ފުރުސަތު ލިބިގެން ގޮސްފައިނުވާ ހުރިހާ ފަރާތްތަކަށްވެސް ހެދުއާ ކުރައްވާ ކަމަށްވެސް ޝާހިދުގެ ޓުވީޓުގައި ލިޔުއްވާފައި ވެއެވެ. އަދިވަނީ ހަމަހަމަ ކަމާއެކި ވެކްސިން ޖެހުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ގޮވާލައްވާފައެވެ.
ޝާހިދު ޔޫއެންގެ ޖެނެރަލް އެސެމްބްލީގެ ރައީސްކަމާއި ހަވާލުވެ ވަޑައިގަތީ މިއަހަރުގެ ސެޕްޓެމްބަރު މަހުއެވެ.
ކޯވިޑް19 ކާރިސާއިން އަރައިގަތުމަށް ކުރަންޖެހޭ މަސައްކަތްތަކަށް އިސްކަން ދިނުމުގެ ގޮތުން 2022 ނިމުމުގެ ކުރިން ދުނިޔޭގެ މުޅި އާބާދީ އަށް ކޯވިޑް ވެކްސިން ޖަހާ ނިންމުމަށް އަމާޒު ހިފުމުގެ އިތުރުން، ހަމަހަމަ ކަމާއެކު ދުނިޔޭގެ ގައުމުތަކަށް ވެކްސިން ފޯރުކޮށް ދިނުމަކީ ޝާހިދުގެ ކެމްޕޭންގެ މުހިންމު ވައުދެކެވެ.
ޔޫއެން ޖެނެރަލް އެސެމްބްލީއަކީ މި ޖަމިއްޔާގެ 194 މެމްބަރު ގައުމުގެ މައްޗަށް އެކުލެވޭ އާންމު މަޖިލީހެވެ. މިއީ ޔޫއެންގެ ސިޔާސަތު ކަނޑައަޅާ އެންމެ މުހިންމު ގުނަވަނެވެ.
އދ.ގެ 76ވަނަ އާންމު މަޖިލީހުގެ ރިޔާސަތަށް ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު އިންތިޚާބުވެވަޑައިގެންނެވީ ޖޫންމަހުގެ 7 ވަނަ ދުވަހު ބޭއްވި އިންތިޚާބުގައި އދ.ގެ މެންބަރު 191 ޤައުމުގެ ތެރެއިން 143 ޤައުމުގެ ވޯޓު ކާމިޔާބުކޮށްގެންނެވެ.
އދ.ގެ އާންމު މަޖިލީހުގެ ރައީސް ކަމުގެ މަގާމާ ޝާހިދު ރަސްމީކޮށް ހަވާލުވެވަޑައިގަތީ މިދިޔަ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހުއެވެ. އދ.ގެ އާންމު މަޖިލީހުގެ ރިޔާސަތާއި ހަވާލުވެވަޑައިގެންނެވުމަށްފަހު ދެއްވި ތަޤުރީރުގައި ދިވެހި ބަހުން މުޚާތަބުކުރައްވަމުން އަބްދުﷲ ޝާހިދުވަނީ ދިވެހި ރާއްޖެއަށް ޤައުމުތަކުން ދެއްވި ޢިއްޒަތާއި ޝަރަފަށްޓަކައި އިޚްލާސްތެރި ކަމާއެކު ޝުކުރުދަންވާފައެވެ.