ކޮމަންޑޫ ދާއިރާއަށް ރައީސް ޔާމީން ވާދަކުރައްވާނެ ވާހަކަ ޕީޕިއެމް އިން ދޮގުކޮށްފި

ކޮމަންޑޫ ދާއިރާއަށް ރައީސް ޔާމީން ވާދަކުރައްވާނެ ވާހަކަ ޕީޕިއެމް އިން ދޮގުކޮށްފި

Author
މުޙައްމަދު ޖިމީ
18 ޑިސެމްބަރ 2021 05:42
0

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އިދިކޮޅު ލީޑަރު، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވާދަކުރަން އުޅުއްވާކަމަށް ދެކެވޭ ވާހަކަތައް ޕީޕީއެމް އިން ދޮގުކޮށްފިއެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވީ އެދާއިރާގެ މެންބަރު ޙުސައިން ވަޙީދު އަވަހާރަވުމާއި ގުޅިގެންނެވެ. ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން އަންނަ އަހަރު ފެބްރުއަރީމަހުގެ ފަސްވަނަ ދުވަހު ބޭއްވުމަށް ނިއްމާފައިވާކަމަށް އިލެކްޝަންސް ކޮމިޝަން އިން އިއްޔެ ވަނީ ހާމަކޮށްފައެވެ.

ކޮމަންޑޫ ދާއިރާއަށް ރައީސް ޔާމީން ވާދަކުރަން އުޅުއްވާކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށް ޕީޕީއެމް އިން ބުނީ އެދާއިރާއަށް ޕީޕީއެމް އިން ޥާދަކުރުމާމެދު އަދި ގޮތެއް ނުނިންމާކަމަށެވެ. އަދި އެދާއިރާއަށް ޕީޕީއެމް އިން ވާދަކުރަން ނިންމިނަމަވެސް ރައީސް ޔާމީން ވާދަނުކުރައްވާނެކަމަށްވެސް ޕީޕީއެމް އިން ބުންޏެވެ.

އިލެކްޝަންސް ކޮމިޝަނުން ކުރި އިއުލާނެއްގައިވަނީ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރުސަތު މިމަހުގެ 16 ވަނަ ދުވަހުގެ ހެނދުނު 8:30އިން ފެށިގެން މި މަހުގެ 30 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.