މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ދޭ "ރަން ލާރި" އެވޯޑް، އިންކަމް ޓެކްސް އެންމެ ގިނައިން އަދި ބަރާބަރަށް ދެއްކި ފަރުދެއްގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދަށް ލިބިއްޖެ އެވެ.
މީރާގެ 16 ވަނަ އަހަރީ ދުވަހާ ދިމާކޮށް ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، ޓެކްސްގެ ގޮތުގައި އެންމެ ގިނައިން ފައިސާ ދައްކާ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން 19 ފަރާތަކަށް ވަނީ މި އެވޯޑް ދީފަ އެވެ. މީރާއިން ބުނިގޮތުގައި، މި އަހަރު އެވޯޑް ދީފައި ވަނީ ޓެކްސްގެ ގާނޫނުތަކުގެ ދަށުން 2025 ވަނަ އަހަރާ ގުޅިގެން އަދާކުރަން ޖެހޭ އިލްތިޒާމުތައް ފުރިހަމަޔަށް އަދާކޮށްފައިވާ ފަރާތްތަކުގެ ތެރެއިން، އެންމެ ގިނަ އަދަދަކަށް ފައިސާ ދެއްކި ފަރާތްތަކަށެވެ.
މަޝްހޫރު ވިޔަފާރިވެރިޔާ އަދި މީދޫ ދާއިރާގެ މެންބަރު ސިޔާމަށް މި އެވޯޑް ލިބިވަޑައިގެންފައި ވަނީ އާމްދަނީން ނަގާ ޓެކްސް އެންމެ ގިނައިން ދެއްކި އަދި ބަރާބަރަށް ދެއްކެވި ފަރުދެއްގެ ގޮތުގަ އެވެ.
ކޮމެންޓު ފޮނުވާ