ކޯވިޑަށް ޕޮޒިޓިވްވެ، މިއަދު ހެދުނު 10:30ގައި ފަރުވާ ދިނުމަށް ހއ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ މީހަކު ނިޔާވެއްޖެއެވެ. މިއީ، ރާއްޖޭގައި މިބަލީގައި ނިޔާވި 259 ވަނަ މީހާއެވެ.
އެޗްޕީއޭއިން ބުނެފައިވަނީ މިއަދު ހެނދުނު 10:30 ގައި ނިޔާވެފައިވަނީ އުމުރުން 62 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
ކޯވިޑް ބަލީގައި މިއަދު ނިޔާވި މީހާގެ އިތުރުން އެންމެ ފަހުން މީހަކު ނިޔާވެފައިވަނީ މިމަހު 12ވަނަ ދުވަހުއެވެ. އެއީ އުމުރުން 80 އަހަރު ދިވެހި އަންހެނެކެވެ. އޭނާ ނިޔާވެފައި ވަނީ، ބ. އަތޮޅު ކޯވިޑް ފެސިލިޓީގައެވެ.
ކޯވިޑް ބައްޔަށް ޕޮޒިޓިވްވަމުންދާ މީހުން މިދުވަސްވަރު އެންމެ ގިނައީ އަތޮޅުތެރޭގައެވެ.
ކޮމެންޓު ފޮނުވާ